ޚަބަރު ސަރުކާރު

ރައީސް އޮފީހުގެ މިނިސްޓަރު ރަމީޒު ސަސްޕެންޑް ކުރި ވާހަކަ ދޮގުކޮށްފި

އަލީ ސަމާޙް ، ދެން އޮންލައިން
ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ޒަމީރު

ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒް މަގާމުން އެކަހެރި ކުރި ވާހަކަ އެ އޮފީހުން މިއަދު ދޮގުކޮށްފި އެވެ.

Ads by STELCO

ގިނަ މައްސަލަތަކެއް ބަލަމުންދާތީވެ، ރަމީޒު މަގާމުން އެކަހެރި ކޮށްފައިވާ ކަމަށް ބުނެ "ދިޔަވަރު" ނަމަކަށް ކިޔާ އޮންލައިން ސައިޓެއްގައި ބުނެފައިވެ އެވެ.

އެ އޮންލައިން ގައި ބުނެފައިވާ ގޮތުން ރަމީޒު މަގާމުން އެކަހެރިކޮށްފައިވަނީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ނަންފުޅު ބޭނުންކުރައްވައިގެން މަޖިލީސް އިންތިހާބުގައި ބައެއް ކެންޑިޑޭޓުންނަށް ވޯޓު ހޯދަން މަސައްކަތް ކުރުމުން ކަމަށެވެ. އަދި މީގެ ކުރިން މާލޭ ކައުންސިލުގެ މެންބަރުކަންވެސް ކުރެއްވީ ރަމީޒަށް ގިނަ ތުހުމަތުތަކެއްވެސް ކޮށްފައިވެ އެވެ.

ދައުރުކުރުވަމުންދާ ވާހަކަތަކާއި ގުޅޭ ގޮތުން ބަހެއް ހޯދާލަން ގުޅާލުމުން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ ރަމީޒު ސަސްޕެންޑް ކުރި ވާހަކަތައް ދޮގުކޮށްފަ އެވެ. އަދި ރަމީޒާ ގުޅޭ ގުޅުންހުރި މައްސަލައެއް ބަލަމުން ނުދާ ކަމަށް ވެސް ހިނާ ''ދެން'' އަށް ކަށަވަރުކޮށްދެއްވި އެވެ.

''އެއީ ހަގީގަތާއި ހިލާފު ވާހަކައެއް (ސަސްޕެންޑް)، އެއްވެސް މައްސަލައެއް ނުބަލާ'' މި ނޫހަށް ފޮނުވި މެސެޖެއްގައި ހީނާ ވިދާޅުވި އެވެ.

ރަމީޒު ހިމެނިވަޑައިގަންނަވާހެން ރައީސް އޮފީހުގައި މިނިސްޓަރު ފެންވަރުގެ 11 ބޭފުޅުން ތިއްބަވަ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!