ޚަބަރު ސަރުކާރު

ގައުމު ދެމިއޮތުމަށް އާއިލާތައް ބަދަހިވެ ހަރުދަނާވުން މުހިންމު: ރައީސް

ރައުފާ ރަޝީދު ، ދެން އޮންލައިން

ގައުމު ދެމިއޮތުމަށް އާއިލާތައް ބަދަހިވެ ހަރުދަނާވުން މުހިންމު ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ އާއިލާތަކުގެ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ގައުމީ ލޯތްބާއި ގައުމީ ހިދުމަތާއި ގައުމު ސަލާމަތްކުރުމުގެ ވިސްނުން އުފެދެނީ އާއިލާތަކުގެ ތެރެއިން ކަމަށެވެ. އެހެންކަމުން ގައުމު ދެމިއޮތުމަށް އާއިލާތައް ބަދަހިވެ ހަރުދަނާވުން މުހިންމު ކަމަށް ރައީސް ވިދާޅުވި އެވެ.

އާއިލީގުޅުން ވަރުގަދަކުރުމަށް ބާރު އެޅުމުގެ ގޮތުން ކޮންމެ އަހަރެއްގެވެސް މޭމަހުގެ 15 ވަނަ ދުވަސް ފާހަގަކުރަނީ ބައިނަލްއަޤްވާމީ އާއިލާތަކުގެ ދުވަހުގެ ގޮތުގަ އެވެ.

ބައިނަލްއަޤްވާމީ އާއިލާތަކުގެ ދުވަހެއް ފާހަގަކުރަން ފަށާފައިވަނީ 1993 ވަނަ އަހަރުން ފެށިގެންނެވެ.

މި އަހަރުގެ ބައިނަލްއަޤުވާމީ އާއިލާތަކުގެ ދުވަހުގެ ޝިއާރަކީ "މޫސުމީ ބަދަލުތަކާއި ގުޅިގެން ޢާއިލާތަކަށް ކުރާ އަސަރު" އެވެ. މި ޝިއާރުގެ ބޭނުމަކީ މޫސުމީ ބަދަލުތަކާއި އެކު އާއިލާތަކަށް ކުރަމުންދާ އަސަރުތަކަށް ޤައުމުތައް ހޭލުންތެރި ކުރުވުމެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!