ޚަބަރު އިޖުތިމާޢީ

8 މަސް ފަހުން އައްޑޫ ބިންތައް އޭގެ ވެރިންނާ ހަވާލުކުރަނީ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
އައްޑޫ ސިޓީގެ ބިން ހިއްކަނީ

ލިސްޓު އިއުލާން ކުރިތާ 8 މަސް ފަހުން އަންނަ ހަފްތާގެ ތެރޭގައި އައްޑޫ ސިޓީން ދޫކުރަން ނިންމި ބިންތައް އޭގެ ވެރިންނާއި ހަވާލު ކުރަން ފަށާނެކަމަށް ސިޓީ ކައުންސިލުން ބުނެފި އެވެ.

Ads by STELCO

އައްޑޫން ގޯއްޗަށް އެދި ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވާ އެންމެންގެ ލިސްޓް އާންމުކުރީ މިދިޔަ އަހަރުގެ އޮގަސްޓް 17 ގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުގަ އެވެ. ޝަރުތު ހަމަވި މީހުންގެ ތެރެއިން 500 މީހުންގެ މެދުގައި މިދިޔަ ފެބުރުއަރީ މަހު ވަނީ ގުރުއަތު ނަގައިފަ އެވެ.

އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ ގޯތި އޭގެ ވެރިންނާއި ހަވާލުކުރަން ތައްޔާރުވެ ނިމިފައިވާ ކަމަށެވެ. އަދި އަންނަ ހަފްތާގެ ތެރޭގައި ގޯތިތައް އިއުލާން ކުރަން ފަށާނެކަމަށްވެސް ނިޒާރު ވިދާޅުވި އެވެ.

ނިޒާރު ވިދާޅުވީ ގޯތި ދޫކުރުން ލަސްވެގެން ދިޔައީ އިންތިހާބުތައް އައުމުގެ ސަބަބުން ކަމަށެވެ. އެހެންނަމަވެސް މިހާރު ބިންތައް ސާފުކޮށް އެހެނިހެން ތައްޔާރީތައްވެސް މުޅިން ނިމިފައިވާކަމަށް ނިޒާރު ވިދާޅުވި އެވެ.

އައްޑޫން ގޯއްޗަށް އެދި 4،160 ފޯމު ހުށަހަޅާފައި ވާއިރު، އޭގެ ތެރެއިން 3،972 މީހެއްގެ ޝަރުތު ހަމަވާ ކަމަށް ކައުންސިލުން ވަނީ ބުނެފަ އެވެ. ކައުންސިލުން ވަނީ އެ އެންމެންނަށް ގޯތި ދޭން ނިންމައިފަ އެވެ.

އައްޑޫ ސިޓީން ދޫކުރަނީ 1،500 އަކަފޫޓާއި 2،000 އަކަފޫޓުގެ ގޯއްޗެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!