ލައިފްސްޓައިލް

ލޮކްޑައުންއާއެކު ދިވެހި އަންހެނުން އިންތިހާއަށް ފަލަވެއްޖެ

އާއިޝަތު އަލީނާ ، ދެން އޮންލައިން

މިއަހަރު މިއީ މުޅި ދުނިޔެވެސް ތަފާތު ކަންތައްތަކެއް ތަޖުރިބާ ކުރި އަހަރެކެވެ. ފަހުގެ ތާރީޚެއްގައި މުޅި ދުނިޔެ ފުރަތަމަ ފަހަރަށް ލޮކްޑައުންއަކަށް ދިޔައިރު، ލޮކްޑައުންގެ ސަބަބުން އެކި މީހުންނަށް ކުރިމަތިވީ އެކި ދަތިތަކެވެ. ބައެއް މީހުންގެ އަތްމަތި ދަތިވިއިރު، އަނެއް ބަޔަކަށް ލޮކްޑައުން ވެގެން ގޮސްފައިވަނީ އައު ކަންތައްތައް ދަސްކުރަން ލިބުނު ފުުރުސަތެއްގެ ގޮތުގައެވެ.

Ads by STELCO

"ދެން" ގެ ނޫސްވެރިން މިވަނީ ލޮކްޑައުންއާއެކު ދިރިއުޅުމަށް އައި ބަދަލުތައް ވަޒަން ކުރުމުގެ ގޮތުން ކުޑަ ސާރވޭއެއް ކޮށްފައެވެ. ދިވެހި އަންހެނުންނަށް އަމާޒުކޮށް ކުރެވުނު މިދިރާސާގައި، އެކި އުމުރު ފުރައިގެ 100 ދިވެހި އަންހެނުންނާ ވަނީ ސުވާލު ކުރެވިފައެވެ.

ލޮކްޑައުންއާއެކު ގިނަ ބައެއްގެ ބަރުދަން ލުއިވި!

މިދިރާސާގެ ބައިވެރިންގެ ތެރެއިންގެ 80 އިންސައްތަ އަންހެނުން ބުނެފައިވަނީ ލޮކްޑައުންއާއެކު އެމީހުންގެ ބަރުދަން އިތުރުވެފައިވާ ކަމަށެވެ. ޚާއްސަކޮށް އުމުރުން 25-40 އަހަރާއި ދެމެދުގެ އަންހެނުން ބަރުދަން އިތުރު ވެފައިވާ ކަން ފާހަގަކޮށްލެވެއެެވެ. މިގޮތުން މިއުމުރުފުރައިގެ ފަރާތްތައް އެވްރެޖްކޮށް ލޮކްޑައުން ކުރި ފަހު 6-10 ކިލޯ ބަރުވި ކަމަށް ދައްކައެވެ.

ބަރުވީ ދިރިއުޅުމަށް އައި ތަފާތު ބަދަލުތަކުގެ ސަބަބުން!

މާރިޗް މަހުގެ ތެރޭގައި މުޅި މާލެ ލޮކްޑައުންއަކަށް ދިޔައިރު، އެއިރު އޮފީސްތައް އަދި ސްކޫލުތައް ބަންދު ކުރިއެެވެ. އަދި ކަސްރަތު ނުކުރެވޭ ގޮތަށް، މާލެ ފުރަބަންދަކަށް ދިޔައެވެ. މިއާއެކު ކުރިން އުޅެމުން އައި ގޮތަށް ބޮޑެތި ބަދަލުތަކެއް އައެވެ. ކޮންމެ ދުވަހަކު ހެނދުނު ކަސްރަތު ކުރަމުން އަންނަ މީހާވެސް ކަންނެތްވިއެވެ. އަދި ލޮކްޑައުންއާއެކު ކެޔުމުގެ ވައްޓަފާޅިއަށް ބަދަލު ތަކެއް އައިކަންވެސް ދިރާސާއިން ފާހަގަވެއެވެ. މިގޮތުން ލޮކްޑައުންގައި ގިނަ ބަޔަކު ލުއިކާނާއަށް ބަރޯސާވިއެވެ. މިއީވެސް ބަރުދަން އިތުރުވާން ދިމާވި ސަބަބެއް ކަމުގައިވާނެއެވެ. މީގެ އިތުރުން ލޮކްޑައުންއާއެކު ނިދުމަަށް އައި ބަދަލުތަކުގެ ސަބަބުންވެސް ބަރުދަން އިތުރުވާން ދިމާވި ކަމަށް ދިރާސާގެ ބައިވެރިން ދެކެއެވެ.

ލޮކްޑައުން ނިންމައި މުޅި ރާއްޖެ ނިއު ނޯމަލްއަކަށް މިހާރު އައިސްފައިވާއިރު، ގިނަ ބަޔަކުދަނީ ލޮކްޑައުން ފެޓް ނުވަތަ ލޮކްޑައުންގައި ގައިގައި ޖެހި ސަރުބީތައް ވިރުވާލުމަށް ތަފާތު ޑައެޓްތައް ކުރަމުންނެވެ.

Ads by Ooredoo
  1. ސަމީރު

    ނޫހުގަ ޖަހާނެ އެއްޗިހި ހުސްވީތަ؟

  2. ޢައިސްތު

    ވަރަށްް ސެކްސިސްޓްް އާޓިކަލްް އެއްް ދިވެހިި ފިރިހެނުންް ހަމަަ ހުރިި ވަރުގަދޯޯ ހުރީ.ލިޔާނެެ އެއްޗެއްް ނޭންގެންޏާާ ނުލިޔެހުރުންް ބުއްދިވެރިި.

  3. ބެލް

    މިވެސް ދެން ޚަބަރެއް….އަންހެނުން ގެ މިކަހަލަ ކަންތަކާއި ބެހުމަކީ ވަރަށް ނާތަހުޒީބީކަމެއް……ހެލްތީ ވުމަށް ބާރުއެޅުން ރަގަޅު….އާއްމުކޮށްވެސް ދިމާވީމަ ދިވެހިންގެ އާދައެއް “ހާދަ ފަލައޭ” ކިޔާފަ ކޮމެންޓުކުރުން….ހައި ޓައިމް ވީ ލެޓް ގޯ އޮފް ދިސް. އެންްޑް އެޕްރިޝިއޭޓު ދެޓް ބިއުޓީ މީންސް ކައިންޑްނަސް، ބްރެއިންސް، ލޯޔަލްޓީ އެންޑް ނޮޓް ލުކްސް.