ލައިފްސްޓައިލް

ފަލަވުމަކީ ދަރިން ލިބުމަށް ހުރަސް އަޅާ ކަމެއްތަ؟

. ، ދެން އޮންލައިން

ނޫނެކެވެ. ފަލަވުން އޭގެ ޒާތުގައި އެއީ ބަލިވެއިނުމަށް ހުރަސް އަޅާ ކަމެއް ނޫނެވެ. ގަވައިދުން އިންތިޒާމުކޮށް ކޮންމެ 28-35 ދުވަހަކުން މައްސަރު ކަންތައް ދިމާވަމުން ދާނަމަ ފަލަވުމަކީ ބަލިވެއިނުމަށް ހުރަސް އަޅާނެ ކަމެއް ނޫނެވެ. ގަވައިދުން މައްސަރު ކަންތައް ދިމާވަމުންދާނަމަ ބިސް ބޭރުވަމުންދާނެއެވެ. އަދި ބަލިވެ އިނުމުގެ ފުރުޞަތު ކޮންމެ މަހަކުވެސް އޮންނާނެއެވެ.

Ads by STELCO

ނަމަވެސް ވަރަށް ގިނަފަހަރު ފަލަވުމަކީ ހަށިގަނޑުގެ ހޯމޯންތަކުގެ ޠަބީއަތަށް ބަދަލު އަންނަކަމެކެވެ. ހޯމޯންތަކުގެ ހަމަހަމަ ކަމަށް ހުރަސް އަޅާކަމެކެވެ. މިގޮތަށް ހަށިގަނޑުގެ ހޯމޯންތަކަށް ބަދަލު އައުމަކީ ބިސް ގަވައިދުން ބޭރުވުމަށް ހުރަސް އަޅާ ކަމެކެވެ. ވުމާއެކު މިފަދަ ހާލަތުގައި ފަލަވުމަކީ ބަލިވެއިނުމަށް ހުރަސްއަޅާ ކަމެކެވެ. ނުވަތަ ބަލިވެއިނުން އުދަގޫވާނެ ސަބަބެކެވެ.

ހަށިގަނޑު ފަލަވުމާއި ބިސްރަވައިގާ ފެންބިހި (Polycystic Ovarian Syndrome) އުފެދުމާއި ވަރަށް ބޮޑު ގުޅުމެއް ވެއެވެ. ބިސްރަވައިގާ ފެންބިހި ނެގުމަކީ ބިސްފުރިހަމަވެ ބޭރުވުމަށް ބޭނުންވާ ހޯމޯން އުފެއްދުން މަދުކުރާކަމެކެވެ. ނުވަތަ ހުރަސްއަޅާ ކަމެކެވެ. ވުމާއެކު މިފަދަ ހާލަތުގައިވެސް ބަލިވެއިނުމަށް ހުރަސް އަޅާނެއެވެ.

ބިސްރަވައިގާ ފެންބިހި އުފެދުމަކީ ވަރަށް ގިނަފަހަރު އިންސިއުލިން ހޯމޯން އުފެއްދުން އިތުރު ކުރާ ސަބަބެކެވެ. މިހޯމޯން ގިނައިން އުފެއްދުމަކީ ހަށިގަނޑުގައި ހަކުރު ޖަމާކޮށް ރައްކާކުރާ ކަމެކެވެ. އަދި މިހޯމޯން ގިނައިން އުފެއްދުމަކީ އަންހެނުންގެ ހަށިގަނޑުގައި މަދުމަދުން ހުންނަ ފިރިހެން ހޯމޯން އެންޑްރޯޖިން ހޯމޯން އިތުރަށް އުފައްދާ ކަމެކެވެ. މިހޯމޯން އަންހެނުންގެ ހަށިގަނޑުގައި ގިނަވުމަކީ ބިސްބޭރުވުން ހުއްޓުވާ ކަމެކެވެ. އަދި ބަލިވެއުނުމަށް ހުރަސް އަޅާކަމެކެވެ.

އަދި މިއީ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ރަހިމުގައި ދަރި އިންދި ކަމުގައިވިޔަސް ނުވަތަ ދަރި މުޑުވަށް ކުރިޔަސް ދަރިފުޅު ބޮޑުވުމަށް ހުރަސް އަޅާކަމެކެވެ.

Ads by HDC
  1. ަޮހޯމޯން ހުރިކަން ފާހަގަ ކުރާނީ ކިހިނެއް

    ފިރުވ ާއަކީކޮބާ