ބޮލީވުޑް މުނިފޫހިފިލުވުން

ބޭނުންވަނީ އުފަލާ ހިތާމައިގަވެސް އެކުގައި ހުންނާނެ ބައިވެރިއެއް: ޖާންވީ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ބަތަލާ ޖާންވީ ކަޕޫރު

ކައިވެނިކުރަން ބޭނުންވަނީ އުފާވެރިކަމާއި ހިތާމައިގައިވެސް އެކީގައި ހުންނާނެ ބައިވެރިއެއްކަމަށް ބޮލީވުޑް ބަތަލާ ޖާންވީ ކަޕޫރު ބުނެފި އެވެ.

Ads by Hajj Corporation

ޖާންވީ މިހާރު ދަނީ ރިލީޒްކުރުމަށް ތައްޔާރުވަމުންދާ "މިސްޓަރ އެންޑް މިސިސް މާހީ" ގެ ޕްރޮމޯޝަންގައި ހަރަކާތްތެރިވަމުންނެވެ. ފިލްމުގެ ޕްރޮމޯޝަން ހަރަކާތެއްގެ ތެރެއިން މީޑިއާއިން ޖާންވީއާއި ސުވާލު ކުރީ އޭނާގެ ހުވަފެނީ ބައިވެރިއެއްގެ ގިބައިގައި ހުންނަން ބޭނުންވާ ސިފަތަކާއި ގުޅޭގޮތުންނެވެ.

27 އަހަރުގެ ބަތަލާ ބުނީ އޭނާ ބޭނުންވަނީ އޭނާގެ ހުވަފެންތަކާއި އަނެކާގެ ހުވަފެންތައްވެސް ހަގީގަތަކަށް ހަދަން މަސައްކަތްކުރާ ބައިވެރިޔަކު ބޭނުންވާ ކަމަށެވެ. އަދި ކޮންމެ ކަމެއް ކުރުމުގައިވެސް މޯޓިވޭޓްކޮށްދޭނެ ބައިވެރިޔަކު ބޭނުންވާ ކަމަށާއި ޖާންވީއަށް ކުރިމަތިވާ ހިތާމަވެރި ވަގުތުތަކުގައި ކައިރީގައި ހުރެ ހެއްވާލަދޭން މަސައްކަތް ކުރާ ބައިވެރިޔަކު ބޭނުންވާ ކަމަށްވެސް ބުންޏެވެ.

މީޑިއާއިން ވަނީ ޖާންވީއަށް އެކަން ވުމަށް އެދޭކަމަށް ބުނެފަ އެވެ. އެއާއެކު އޭނާ ވަނީ އެކަހަލަ މީހަކު ހޯދުމަކީ އެހާ އުނދަގޫ ކަމެއްތޯ ސުވާލު އުފައްދައިފަ އެވެ.

ޖާންވީ މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ޝިކަރް ޕަހަރިޔާ އާކަމަށް ބައެއް މީޑިއާ ރިޕޯޓުތައް ބުނެ އެވެ. ކޮފީ ވިތު ކަރަންގެ މިދިޔަ ސީޒަންގައި ބައިވެރިވެ ޖާންވީ ބުނީ ޝިކަރްގެ ނަން އޭނާގެ ފޯނުގައި ސޭވްކޮށްފައިވަނީ ޝީކޫގެ ނަމުން ކަމަށެވެ. މީޑިއާތަކުން ވަނީ މިކަމުން އެދެމީހުންގެ ދެމެދުގައިވާ ލޯބީގެ ގުޅުން ފެންނަކަމަށް ބުނެފަ އެވެ.

"މިސްޓަރ އެންޑް މިސިސް މާހީ" ގައި ޖާންވީއާއިއެކު ލީޑް ރޯލުން ފެންނާނީ ރާޖްކުމާރު ރާއޯ އެވެ. މިފިލްމަކީ އިންޑިއާގެ މަޝްހޫރު ކްރިކެޓާ މަހިންދްރަ ސިންގް ދޯނީއާއި އޭނާގެ އަންހެނުންގެ ލޯބީގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!