ޚަބަރު ސަރުކާރު

ކާބޯތަކެތީގެ ރައްކާތެރިކަން ޔަގީންކުރުމުގެ އިންތިޒާމް ހަމަޖައްސަނީ 

ފައިނާ ފާއިޒް ، ދެން އޮންލައިން
ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލު

ކާބޯތަކެތީގެ ރައްކާތެރިކަން ޔަގީންކުރުމުގެ އިންތިޒާމް ހަމަޖައްސެމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލު ވިދާޅުވެއްޖެ އެވެ.

Ads by Hajj Corporation

އެ ވުޒާރާގައި މިއަދު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ކާބޯތަކެތީގެ ރައްކާތެރިކަން ޔަގީންކުރުމަކީ ސަރުކާރުގެ ވަރަށް ހާއްސަ ސަމާލުކަމެއް ދޭކަމެއް ކަމަށެވެ.

އެގޮތުން ރައްޔިތުންގެ ކާމޭޒު މަތީ ހުންނަނީ ރައްކާތެރި ކާބޯތަކެތިކަން ޔަގީންކުރުމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީ, އެމްއެފްޑީއޭއިން އަންނަނީ މަސައްކަތްކުރަމުން ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކާބޯތަކެތި ރައްކާތެރި ނޫން ގޮތައް އެތެރެކުރަމުން އަންނަ މީހުންނަށް ފިޔަވަޅު އެޅުމަށް މިވަގުތު އެމްއެފްޑީއޭއަކަށް އެހާ ބޮޑު ބާރެއް ނެތް ކަމަށެވެ.

އެހެންނަމަވެސް ކާބޯތަކެތީގެ ރައްކާތެރިކަމާއި ގުޅޭ ބިލް ފާސްކުރުމުން އެމްއެފްޑީއޭއަށް މިފަދަ މީހުންނާއި މެދު ފިޔަވަޅު އެޅިގެންދާނެ އެ ބާރު ލިބިގެން ދާނެ ކަމަަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެތެރެ ކުރުމުގެ ކުރިއަށް އެމްއެފްޑީއޭއަށް ސާމްޕަލް ޓެސްޓު ކުރުމަށް ފޮނުވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ކާބޯތަކެތީގެ ރައްކާތެރިކަން ޔަގީންކުރުމަށް އެޅޭނެ އެންމެ މުހިއްމު ކަމަކީ އިމްޕޯޓު ކުރުމުގެ ކުރިން ސާމްޕަލް ނެގުމަށް ފަހު މި ކާބޯތަކެތި ޓެސްޓުކުރުން ކަމަށާއި، ކާބޯތަކެތީގެ ރައްކާތެރިކާމާއި ގުޅޭ ބިލް ފާސް ކުރުމުން މި މަސައްކަތްވެސް ފެށިގެންދާނެ ކަމުގެ ޔަގީންކަން މިނިސްޓަރު އެރުވި އެވެ.

އޭރުން ޚަރަދު ކުރުމަށް ހޭދަވާ ވަގުތު ސަލާމަތް ވެ ކަސްޓަމްސް އިން ގިނަ ދުވަސް ވުމުން ކުރާ ޖޫރިމަނާ ކުރާ ފައިސާ ނުނަގާނެ ކަމަށާއި މިކަން ވެގެން ދާނީ އިމްޕޯޓު ކުރާ ފަރާތްތަކަށް ލިބިގެން ދާނެ ވަރަށް ބޮޑު ލުޔެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އިތުރަށް ޚަލީލް ވިދާޅުވީ މި ސާމްޕަލްތައް ރާއްޖެއިން ބޭރަށް ފޮނުވާ ނުރައްކާތެރި ކެމިކަލްތަކަށް ޓެސްޓުކުރުމުގެ އިންތިޒާމުވެސް ވަރަށް އަވަހަށް ހަމަޖެހިގެން ދާނެ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!