ކުޑަކުއްޖަކާއެކު ޖިންސީ ގުޅުން ހިންގި މީހަކު 15 އަހަރަށް ޖަލަށް
އިތުބާރު ހުރި މަގާމެއްގައި ހުރެގެން ކުޑަކުއްޖަކާއެކު ޖިންސީ ގުޅުން ހިންގި މީހަކު 15 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި އެވެ.
ކްރިމިނަލް ކޯޓުން އެ ހުކުމް އަބްދުލްއަޒީޒު އާދަމް ކިޔާ މީހަކު މައްޗަށް އިއްވީ އިއްޔެ އެވެ.
ކުޑަކުއްޖަކު ހިމެނޭ މައްސަލައަކަށް ވާތީ މައްސަލައިގެ މުޅި ރިޕޯޓު ކޯޓު ވެބްސައިޓަކަށް ނުލަ އެވެ.
ކުޑަކުދިންގެ ޖިނާއީ މައްސަލަތަކުގައި ތަފުސީލާ ކުއްޖާގެ ވަނަވަރު ހާމަކުރުން ގާނޫނުގައި މަނާކޮށްފައިވެ އެވެ.
Ads by Allied Insurance