ބޮލީވުޑް މުނިފޫހިފިލުވުން

މަޝްހޫރު މީހެއްގެ ދަރިއަކަށް ނުވީމައި ފިލްމު ގެއްލުނު: ރާޖްކުމާރު

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
އެކްޓަރު ރާޖްކުމާރް ރާއޯ

ބޮލީވުޑްގެ މަޝްހޫރު އާއިލާއަކަށް ނިސްބަތް ނުވާތީ ފިލްމު ނުލިބުނު ދުވަސްތަކެއްވެސް ދިޔަކަމަށް އެކްޓަރު ރާޖްކުމާރު ރާއޯ ބުނެފި އެވެ.

Ads by Hajj Corporation

ރާޖްކުމާރު ރާއޯ އަކީ ކުދި ރޯލުތަކުން ބޮލީވުޑަށް ތައާރަފުވެ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އާންމުންގެ ބޮޑު ތަރުހީބެއް ހޯދި ފަރާތެކެވެ. ވޭތުވެދިޔަ ތަނުގައި އޭނާ ވަނީ އޭނާގެ ހުނަރުން ބައެއް އެވޯޑުތައްވެސް ކާމިޔާބު ކޮށްފަ އެވެ.

ރިލީޒްވާން ތައްޔާރުވަމުންދާ "މިސްޓަރ އެންޑް މިސިޒް" މާހީގެ ޕްރޮމޯޝަންގައި އިންޓަވިއުއެއްގައި ބައިވެރިވެ ވާހަކަ ދައްކަމުން ރާޖްކުމާރު ވަނީ އޭނާގެ ފިލްމީ ކެރިއަރުގެ ކުރީކޮޅާއި ގުޅޭ ބައެއް ވާހަކަތައް ހިއްސާކޮށްފަ އެވެ. އެގޮތުން އޭނާ ބުނީ އަލަށް މުމްބާއީއަށް ގޮސް އޮޑިޝަން ދިން ދުވަސްވަރު އެހެން "އައުޓްސައިޑާޒް" އެކޭ އެއްގޮތަށް ޕާޓީތަކަށް ގޮސް މީހުންނާ ރަހުމަތްތެރިކަމުގެ ގުޅުން އުފެއްދި ކަމަށެވެ.

ކެރިއަރުގެ ކުރީކޮޅު ވަރަށް ބޮޑު ފިލްމަކުން ބޮޑު ރޯލެއް ލިބުނުކަމަށާއި އެހެންނަމަވެސް ކުއްލިއަކަށް ހަބަރު ލިބުނީ އެފިލްމު ބޮލީވުޑް މަޝްހޫރު އާއިލާއެއްގެ މެމްބަރަކަށް ދިންކަމަށް ކަމުގައި ރާޖްކުމާރު ބުންޏެވެ. އެ ފިލްމު ގެއްލުމުން ވަރަށް ދެރަވި ކަމަށާއި އަދިވެސް ބޮލީވުޑްގައި މަޝްހޫރު ނުވަތަ ބާރުގަދަ މީހާއަށް އިސްކަން ދިނުން އޮތްކަމަށް އޭނާ ބުންޏެވެ.

ރާޖްކުމާރު ބުނީ އެ ފިލްމުގެ މަސައްކަތް ފަށަން އޮތް ތާރީހު ލަސްވަމުން ގޮސް އެންމެ ފަހުން ފިލްމު މިހާރު ވަނީ ކެންސަލްކޮށްފައި ކަމަށެވެ. ބޮލީވުޑްގައި އޮތް ނެޕޮޓިޒަމް މަޑުމަޑުން ނެތެމުން ދިޔަ ނަމަވެސް އަދިވެސް ބައެއް މީހުން ތަފާތުކުރުން ގެންގުޅޭކަމަށްވެސް ރާޖްކުމާރު ބުންޏެވެ.

ބަތަލާ ޖާންވީ ކަޕޫރާއިއެކު "މިސްޓަރ އެންޑް މިސިޒް މާހީ" ސިނަމާތަކުގައި ރިލީޒްވާން ތައްޔާރުވަމުން ދާއިރު ރާޖްކުމާރުގެ ދެން ރިލީޒްވާނީ ޝްރައްދާ ކަޕޫރާއިއެކު "ސްތްރީ" ސީކުއަލްގެ ދެވަނަ ފިލްމެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!