ޚަބަރު ސަރުކާރު

ހަމަޖެހުން ގާއިމް ކުރުމުގައި ގަތަރު މުހިންމު، ގުޅުން ބާއްވާތީ ޝުކުރުވެރިވަން: އިހުސާން

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން

ބައިނަލްއަގުވާމީ ގައުމުތަކުގެ މެދުގައި ހަމަޖެހުން ގާއިމްކުރުމަށް ގަތަރު މުހިންމު ރޯލެއް އަދާކުރާކަމަށް ވިދާޅުވެ ގަތަރުން ކުރާ މަސައްކަތްތަކަށް ހޯމްލޭންޑް ސެކިއުރިޓީ ވަޒީރު އަލީ އިހުސާނު ތައުރީފު ކުރައްވައިފި އެވެ.

Ads by Hajj Corporation

ގަތަރުގައި ކުރިއަށްދާ ގްލޯބަލް ސެކިއުރިޓީ ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް އެގައުމަށް ވަޑައިގެން ބައިނަލްއަގުވާމީ މީޑިއާތަކާއި ވާހަކަ ދައްކަވަމުން އިހުސާން ވަނީ ގަތަރުގައި ބޭއްވޭ އެ ފޯރަމުން އެކަނިވެސް ވަރަށް ގިނަ ވާހަކަތަކެއް ބުނެދޭކަން ފާހަގަކުރައްވައިފަ އެވެ. އެގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގާ އެތައް ހަމަނުޖެހުންތަކެއް ހައްލު ކުރުމަށް މެދުވެރިއެއްގެ ރޯލު އަދާކޮށް މުއާމަލާތްތައް ހޮސްޓު ކުރުމުގައި ގަތަރަކީ މަޝްހޫރު ގައުމެއްކަމަށް އިހުސާން ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލު ކުރާ ގޮތުގަ، އަޅުގަނޑުމެން (ރާއްޖެއާ ގަތަރު) ސީދާ އެގޮތަށް ހަމަނުޖެހުންތަކާ ކުރިމަތިލާން ނުޖެހުނު ނަމަވެސް، އަޅުގަނޑުމެންގެ ދުނިޔޭގެ ބަޔަކަށް، އަޅުގަނޑުމެންގެ ގައުމުވެސް ހިމެނޭހެން، އަސަރުކުރަމުންދާ އެތައް ކޯޅުންތަކެއްގެ ހައްލު ހޯދުމަށް މުއާމަލާތްކޮށް މެދުވެރިއަކަށް ވެފައިވަނީ ގަތަރު" އިހުސާން ވިދާޅުވި އެވެ.

ވަޒީރު ވިދާޅުވީ ބައިނަލްއަގުވާމީ ބައިވެރިންތަކުގެ ތެރެއިން އެއް ބައިވެރިއެއްގެ ގޮތުގައި ގަތަރު ހިމެނުމުން އެކަމާއި ޝުކުރު ކުރައްވާ ކަމަށެވެ. އަދި މިހާތަނަށް ގަތަރުން ރާއްޖެއާއިއެކު ބާއްވާފައިވާ ގުޅުމުގެ އަގު ވަޒަންކުރައްވާ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ގްލޯބަލް ސެކިއުރިޓީ ފޯރަމްގައި، ބައިނަލްއަގުވާމީ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭގޮތުން ގަތަރުން ވައުދުތަކެއް ވެފައިވާކަން ވަޒީރު ފާހަގަކުރެއްވި އެވެ. ރާއްޖެއިން އަބަދުވެސް ބޭނުންވަނީ ހުރިހާ ގައުމުތަކެއް އެކީގައި މަސައްކަތް ކޮށް، ކޯޅުންތައް ވީހާވެސް މަދުކުރަން ކަމަށާއި އެ އަމާޒަށް ވާސިލުވުމަށް ގަތަރުން ކުރާ މަސައްކަތްތަކުގެ އަގު ވަޒަން ކުރައްވާކަމަށްވެސް އިހުސާން ވަނީ ވިދާޅުވެފަ އެވެ.

ގްލޯބަލް ސެކިއުރިޓީ ފޯރަމް ކުރިއަށް ދާނީ މާދަމާގެ ނިޔަލަށެވެ. އެ ފޯރަމްގެ މިއަހަރުގެ ތީމަކީ ސްޓްރެޓަޖިކް ކޮމްޕެޓިޝަން: ދަ ކޮމްޕްލެކްސިޓީ އޮފް އިންޓަރޑިޕެންޑެންސް އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!