Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ސަރުކާރު

ބޯހިޔާވަހިކަން ދިނުމުގައި މައިންބަފައިން ބަލާ މީހުންނަށް އިތުރު ޕޮއިންޓް ދެނީ

ބޯހިޔާވަހިކަން ދިނުމުގައި މައިންބަފައިން ބަލާ މީހުންނަށް އިތުރު ޕޮއިންޓް ދެނީ

ބޯހިޔާވަހިކަން ދިނުމުގައި އުމުރުން ދުވަސްވީ މައިންބަފައިން ބަލަހައްޓާ މީހުންނަށް އިސްކަންދޭ އުސޫލެއް އެކުލަވާލަން ވަަޒީރުންގެ މަޖިލީހުން ނިންމައިފި އެވެ.

އެ ނިންމުން ނިންމާފައިވަނީ މި ހަފްތާގައި ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި، ޖެންޑާ މިނިސްޓްރީން ހުށަހެޅި ކަރުދާހެއް މައްޗަށް ބިނާކޮށެވެ.

އެ ބައްދަލުވުމުގައި ނިންމި ކަންތައްތަކުގެ ތަފްސީލު މައުލޫމާތު ހިއްސާކުރަމުން ރައީސް އޮފީހުން ޝާއިއު ކުރި ހަބަރެއްގައި ބުނީ ދޮށީ އުމުރުގެ މީހުންނާއެކު އާއިލާތަކަށް ދިރިއުޅެވޭނެ މަގުފަހި ކުރުމުގެ ގޮތުން ސަރުކާރުން އަލަށް ފަށާ ބޯހިޔާވަހިކަމުގެ ސްކީމުތަކުގައި ދޮށީ އުމުރުގެ މީހުންނާއެކު ދިރިއުޅޭ ނުވަތަ އެމީހުން ބަލަހައްޓާ ފަރާތްތަކަށް ޕޮއިންޓު ލިބޭނެ އުސޫލުތައް ނިންމާފައިވާ ކަމަށެވެ.

Advertisement
Allied Insurance — Square (box)

އަދި ދޮށީ އުމުރުގެ މީހުންނަށް ލިބިދޭންޖެހޭ ހައްގުތައް ރައްކާތެރިކޮށްދިނުމުގެ ގޮތުން، ގާނޫނާއި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެންނެވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސް ޑރ މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށް ވެސް ރައީސް އޮފީހުން މައުލޫމާތުދެ އެވެ.

ދޮށީ އުމުރުގެ މީހުންނަށް އިސްކަން ދިނުމުގެ ގޮތުން ރައީސް މުއިއްޒުގެ 'ހަފްތާ14' ވައުދުގައި ހިމަނައިގެން އިސްރަށްވެހިންގެ ނާދީ އެއްވެސް ވަނީ ފެބްރުއަރީ މަހު ހުޅުވާފަ އެވެ.

ގުރުއާނާއި ބެހޭ މަރުކަޒު ކުރިން ހިންގި އިމާރާތުގައި ގާއިމުކޮށްފައިވާ އިސްރަށްވެހިންގެ މަރުކަޒު ތަރައްޤީ ކޮށްފައި ވަނީ ބޭނުންތެރި އަދި ގިނަ ހިދުމަތްތަކަކާއެކު އެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް