ޚަބަރު އިޖުތިމާޢީ

ހައްދައިގެން އެޕާޓްމެންޓަށް ގެންގޮސް ފޭރޭ އަންހެނުންތަކެއްގެ މައްސަލަ ފެންމަތިވެއްޖެ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ޓަވަރުތައް

އެކި ވާހަކަތައް ދައްކައި، މީހުންނަށް ދަޅަ ދައްކައިގެން ފޭރޭ އަންހެނުންތަކެއްގެ މައްސަލަ ފެންމަތިވެއްޖެ އެވެ.

Ads by STELCO

ފުލުހުން ބުނީ މިކަން ހިނގަމުން އަންނަކަމަށް މައުލޫމާތު ލިބެނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ޓަވަރެއްގައި ކަމަށެވެ. މިމައްސަލަ ތަހުގީގު ކުރަމުން ދާއިރު ހައްދައިގެން މީހުން ގެންދަނީ ދެވަނަ ފިޔަވަހީގެ އެޕާޓްމެންޓަކަށް ކަމަށްވެސް ފުލުހުން ބުނެ އެވެ.

މިކަމާއި ގުޅޭ ރިޕޯޓުތައް ހުށަހެޅި ތަހުގީގު ފަށާފައިވާއިރު މީގެ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ. އެހެންނަމަވެސް ފުލުހުން ވަނީ ކާކުކަން ނޭނގޭ ނުވަތަ ގޮތް ނޭނގޭ މީހުން ތަންތަނަށް ދާން އެދުނުނަމަވެސް ނުދާން އިލްތިމާސްކޮށްފަ އެވެ.

ހިޔާގައި ދިރިއުޅޭ ބައެއް މީހުން ވަނީ އެތަނުގައި ފޭރޭ އަންހެނުންތަކެއް އުޅޭކަމުގެ އަޑުތަކެއް ފެތުރިފައިވާކަމަށް ބުނެފަ އެވެ. އެހެންނަމަވެސް އެ އަންހެނުންނާއި ގުޅޭ މާ ބޮޑު ތަފްސީލެއް އަދި ނޭނގެ އެވެ.

ވާހަކަ ދެކެވޭ ގޮތުގައި މިކަން ހިނގާ ގޮތަކީ ދޮށީ އުމުރުގެ މީހުންނަށް ޓާގެޓުކޮށް ޅަފުރައިގެ އަންހެނަކު ވާހަކަ ދައްކަނީ އެވެ. އަދި އެޕާޓްމެންޓަށް ވަންނަން އެދެނީ އެވެ. އެޕާޓްމެންޓަށް ވަންނަ ހިސާބުން ފިލާ ތިބޭ ދެ ފިރިހެނަކު އެތަނުގެ ދޮރު ތަޅުލަނީ އެވެ.

އޭގެ ފަހުން ފިރިހެން މީހާގެ އަންނައުނު ގަދަކަމުން ބާލުވައި ވީޑިއޯނަގަނީ އެވެ. އަދި ވީޑިއޯ ލީކުކޮށްލާނެކަމަށް ބުނެ ބިރު ދައްކައި ފައިސާ ޓްރާންސްފާ ކުރަންވެސް އެދެ އެވެ.

މީގެ ދެ ކޭސްއެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވާކަމަށް މައުލޫމާތު ލިބޭއިރު އިތުރު މީހުންނަށްވެސް މިފަދަ ހާދިސާތައް ހިނގާފައިވާކަމަށް ވާހަކަ ދެކެވެ އެވެ. އެހެންނަމަވެސް މައްސަލައިގެ ގޮތުން ގިނަ މީހުންނަށް މިމައްސަލައިގައި ފުލުހުންނަށް ރިޕޯޓު ކުރަން ނުކެރެނީ އެވެ.

ރާއްޖޭގައި މީގެ ކުރިންވެސް ފޭރުމުގެ މައްސަލަތަކެއް ފެންމަތިވެފައި ވެއެވެ. މީގެ ކުރިން ވަނީ އަންހެނަކަށް ވެގެން ފިރިހެނުންނަށް މެސެޖުކޮށް ކުލީ ކޮޓަރިތަކަށް ގެންގޮސް ފޭރޭ މައްސަލަތަކެއްވެސް ފެންމަތިވެފަ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!