ހަ މަސް ކާމިޔާބު، ކުރަންޖެހޭ މަސައްކަތްތައް ގިނަ: މިނިސްޓަރު އާދަމް ޝަރީފު

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ކެބިނެޓު އެކުލެވިގެންވާ ގޮތަށް ގެނައި ބަދަލުތަކުގެ ތެރެއިން އެއް ބަދަލަކީ އަހަރުތަކަކަށްފަހު މުޅިން އަލަށް ލޯކަލް ކައުންސިލްތަކުގެ ބެލެނިވެރި މިނިސްޓްރީއެއް އުފެއްދުމެވެ. މިނިސްޓްރީ އޮފް ސިޓީޒް، ލޯކަލް ގަވަމެންޓް އެންޑް ބަޕްލިކް ވޯކްސްގެ ނަމުގައި މިނިސްޓްރީއެއް އުފެއްދުމާއިއެކު ބޮޑެތި ފާޑުކިޔުންތަކެއްވެސް އަމާޒުވި އެވެ. އެގޮތުން އެޓޯލްސް މިނިސްޓްރީއެއް އުފައްދައި ރަށްރަށުގެ ކައުންސިލްތައް މައި ސަރުކާރުން ކޮންޓްރޯލް ކުރުމާއިއެކު ލާމަރުކަޒީ ނިޒާމު ފުނޑައިލުމަށް މި ސަރުކާރުން މަސައްކަތް ކުރާކަމުގެ ތުހުމަތު އިދިކޮޅުން ކުރި އެވެ.
ސަރުކާރަށް ހަ މަސްދުވަސް ވެގެން ދިޔައިރު މި މިނިސްޓްރީގެ ފަރާތުން ކުރި މަސައްކަތްތަކާއި ކުރިއަށް އޮތްތަނުގައި ކުރަންހުރި މަސައްކަތްތަކާއި ގުޅޭ ގޮތުން "ދެންއެމްވީ" އިން މިނިސްޓަރު އާދަމް ޝަރީފު އުމަރާއި ވާހަކަ ދައްކައިލީމެވެ.
މިނިސްޓަރު އާދަމް ޝަރީފު ދެން އޮންލައިން އަށް ދެއްވި ބަސްތީގަތުމުގެ ތެރެއިން[/caption]
ކައުންސިލްތަކުގެ އަޑު ކެބިނެޓާއި ހަމައަށް ގެންގޮސްދޭނެ މިނިސްޓްރީއެއް މުހިންމު
"ބައެއް ފަހަރަށް ބައެއް ބަދަލަށް މީހުން އެހާ ތައްޔާރެއް ނުވާނެ" މިނިސްޓަރުގެ ވާހަކަފުޅު ފެއްޓެވި އެވެ. މިނިސްޓަރު ވިދާޅުވީ ބައެއްގެ ފަރާތުން ފާޑުކިޔުންތަކެއް ހުރިނަމަ މަސައްކަތް ކުރުމުގައި އިތުރަށް ސަމާލުވާ ކަންތައްތަކެއް ހުންނާނެކަމަށެވެ. އެހެންކަމުން މި ފާޑުކިޔުންތަކަކީ ފަހި ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ. ލާމަރުކަޒީ ނިޒާމަށް ހާއްސަކޮށްގެން މިނިސްޓްރީއެއް އުފެއްދެވުމަކީ ރައީސް މުއިއްޒު އެޅުއްވި ހަރުދަނާ ފިޔަވަޅެއްކަމަށް ވިދާޅުވަމުން މިނިސްޓަރު ވަނީ އެއްބައިވަންތަ ދައުލަތެއްގެ ސިފަ ގެނައުމަށް ރައްޔިތުންނާއި ގާތުން މަސައްކަތް ކުރުމާއިއެކު ސަރުކާރުގެ ސިޔާސަތުތައް އެންމެ ގާތުން ތަންފީޒު ކުރެވޭނެ ބަޔަކީވެސް ކައުންސިލަރުންކަން ފާހަގަކުރައްވައިފަ އެވެ. "އެހެންވީމަ ކައުންސިލްތަކަށް ސަރުކާރުގެ ސިޔާސަތުތައް ބަރާބަރަށް ކިޔައިދީ، ސަރުކާރާއި ގާތްކޮށް މަސައްކަތް ކުރާނެ ވުޒާރާއެއް އޮތުމަކީ ހުރިހާ ގޮތަކުން ބަލާއިރުވެސް ކައުންސިލްތަކަށް ލިބުނު ވަރަށް ބޮޑު ފަހިކަމެއް" ކައުންސިލްތަކާއި އެންމެ ގާތުން މަސައްކަތްކުރާ މިނިސްޓްރީއަކީ ލޯކަލް ގަވަމެންޓް މިނިސްޓްރީކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ މިވޭތުވެދިޔަ ހަ މަސްދުވަހުގެ ތެރޭގައި ކައުންސިލްތަކުގެ އިތުބާރު ހޯދިއްޖެ ކަމަށެވެ. މިނިސްޓްރީގެ މަސައްކަތްތަކުގެ ސަބަބުން ކައުންސިލްތަކުން އެދޭ ކަންކަން އަވަސްކުރުމާއި، ދައުލަތުގެ ފަރާތުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް ފޯރުކޮށްދިނުމާއިއެކު ޖުމްލަކޮށް މުޅި ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް އިތުރު ކުރިއެރުންތަކެއް ލިބިއްޖެކަމަށް މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވި އެވެ.ގޮންޖެހުންތައް އެބަހުރި، ހައްލުކުރަން ހުރި މަސައްކަތްތައް ގިނަ
ރައީސްގެ ވިސްނުންފުޅު ހުންނެވީ ކައުންސިލްތައް ބާރުވެރި ކުރުވައި ކައުންސިލްތަކަށް ގާނޫނުން ދީފައިވާ ބާރުތައް ޒިންމާދާރު ކަމާއިއެކީގައި ކުރުވުމަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިވޭތުވެދިޔަ ހަ މަސްދުވަހުގެ ތެރޭގައި ސީދާ ރަށްރަށަށް ވަޑައިގެން 160 ކައުންސިލަކާއި ރައީސް ބައްދަލު ކުރައްވާފައިވާކަމަށާއި މިއީ ރާއްޖޭގެ ތާރީހުގައިވެސް މުޅިން އަލަށް ހިނގި ކަމެއްކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. ކައުންސިލްތަކަށް މަތިކޮށްފައިވާ ބާރުތައް ނުވަތަ ޒިންމާތަައް ކައުންސިލްތަކުގެ މެމްބަރުން އުފުއްލަވަނީ އިހުލާސްތެރިކަމާއިއެކުތޯ ޔަގީންކުރުން މުހިންމުކަމަށް ވިދާޅުވި އެވެ. ލާމަރުކަޒީ ނިޒާމު އުފެދިގެން އައިއިރު ދައުލަތް އެކަމަށް ތައްޔާރު ނޫންކަމަށް އާދަމް ޝަރީފު ވިދާޅުވި އެވެ. އެގޮތުން މެމްބަރުންގެ އަދަދު ކަނޑައަޅައި ކައުންސިލްތައް އުފެއްދި ނަމަވެސް އިދާރީ މުވައްޒަފުން ލެވޭނެ ގޮތެއް ނެތުމާއި، ޖާގަ ނެތުމުގެ ދަތިކަން އަދިވެސް އޮތްކަމަށް ވިދާޅުވި އެވެ. ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކައުންސިލްތަކަށް ދޫކުރާ ބްލޯ ގްރާންޓް ދޫކުރަނީ އެންމެ އެކަށީގެންވާ އަދަދަށް ނޫންކަމަށާއި އެކަން ރަނގަޅު ކުރުމުގެ ވިސްނުންވެސް ރައީސް މުއިއްޒުގެ އެބަ ހުންނެވިކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. "ގާނޫނުތައް ހުރި ގޮތުން ކިހާވަރަކަށްތޯ ކައުންސިލްތައް އަޅުގަނޑުމެންނަށް ޖަވާބުދާރީ ކުރުވެނީ، ކިހާވަރަކަށްތޯ މިކަމުގަ މިނިވަން މުއައްސަސާތަކުން ކުރަންޖެހޭ ކަންތައްތައް ކުރަނީ، އެކަންކަން ކުރެވިގެންދާކަން ކަށަވަރުކުރުމަށްޓަކާ އެލްޖީއޭއަށް ހުރި ގޮންޖެހުންތަކަކީ ކޮބައިތޯ، ކިހާވަރެއްގެ ކަންތައްތަކެއް އިތުރަށް ފަހިކޮށްދޭން ޖެހޭތޯ މިއީ އަޅުގަނޑުމެން ވިސްނާ ފިކުރުކުރަން ޖެހިފަ ހުރި ކަންތައްތައް" މިނިސްޓަރު ވިދާޅުވި އެވެ. [caption id="attachment_225140" align="alignnone" width="1024"]
މިނިސްޓަރު އާދަމް ޝަރީފު ދެން އޮންލައިން އަށް ދެއްވި ބަސްތީގަތުމުގެ ތެރެއިން[/caption]






ކޮމެންޓް