ޚަބަރު ސިޔާސީ

ހަ ބައި-އިލެކްޝަނަކަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ ކެނޑިޑޭޓުން ހޯދަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން

6 ކައުންސިލެއްގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުން އެކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

Ads by MWSC

އެމްޑީޕީން މިއަދު ބުނީ 20 ވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިޚާބުވުމާއި ގުޅިގެން ހުސްވެފައިވާ މަޤާމްތަކަށް އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަންގެ، އެ ޕާޓީގެ ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ މެންބަރުން ޝައުޤުވެރިކަން ފާޅުކުރުމަށް ހުޅުވާލާފައިވާ ކަމަށެވެެ.

ޕްރައިމަރީގައި ވާދަކުރުމަށް ހުޅުވާލާފައި ވަނީ:

– ހުޅުމާލެ ދާއިރާގެ ކައުންސިލް މެމްބަރު
– ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލް މެމްބަރު
– މައްޗަންގޯޅި މެދު ދާއިރާގެ ކައުންސިލް މެންބަރު
– ކުޅުދުއްފުށި އުތުރު ކައުންސިލް މެންބަރު
– ޅ. އަތޮޅު ކައުންސިލް ރައީސް
– ރ. ހުޅުދުއްފާރު ކައުންސިލް މެންބަރު

އެ ޕާޓީގެ ފަރާތުން ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން، އެކަމަށް ހާއްސަ ކުރެވިފައިވާ ގޫގްލް ފޯމް މެދުވެރިކޮށް ޝައުޤުވެރިކަން ފާޅުކުރެވޭނެ އެވެ. އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ކުށާއި ދަރަނީގެ ރިކޯޑު ސާފުކުރާ ފޯމް އެއިދާރާއިން ސާފުކުރުމަށްފަހު ފުރިހަމަކޮށް، ޝައުޤުވެރިކަންފާޅުކުރާ ފޯމާއި އެކު 03 ޖޫން 2024 ގެ 14:00 ކުރިން ހުށައެޅުއްވުމަށް އެ ޕާޓީން ވަނީ އެދިފަ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!