ޚަބަރު އިޖުތިމާޢީ

ބިދޭސީންގެ މައްސަލައިގައި އިމިގްރޭޝަން އަންހެން އޮފިސަރުންގެ އޮޕަރޭޝަނެއް

އައިކާ ޔުނާން ، ދެން އޮންލައިން

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކޮށް އަންހެނުން ބާރުވެރިކުރުމުގެ ގޮތުން އަންހެން އިމިގްރޭޝަން އޮފިސަރުންގެ އޮޕަރޭޝަނެއް ހިންގައިފި އެވެ.

Ads by Hajj Corporation

އިމިގްރޭޝަނުން މިއަދު ބުނީ, މި މަހުގެ 25 ވަނަ ދުވަހު މާލެއާއި ހުޅުމާލޭގައި ހިންގުނު އޮޕަރޭޝަންގައި ބައިވެރިވެފައިވަނީ މުޅިން ވެސް އަންހެން އޮފިސަރުން ކަމަށެވެ.

މި އޮޕަރޭޝަނަކީ އަންހެން ބިދޭސީ އަންހެނުން ބަލައި ފާސްކުރުމަށް ހިންގުނު އޮޕަރޭޝަނެއްގައި މަސައްކަތްކުރަމުންދާ 15 އަންހެން ިބދޭސީއެއް އިމިގްރޭޝަންގެ ދަށަށް ގެންގޮސް ބަޔާން ނަގާފައިވާ ކަމަށެވެ.

"މިއީ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން، މުޙައްމަދު ޝަމްޢާން ވަޙީދުގެ އިރުޝާދާއި އެއްގޮތަށް، އިމިގްރޭޝަންގެ ދިގު ތާރީޚުގައި ވެސް ހަމައެކަނި އަންހެން އޮފިސަރުން ހިމަނައިގެން ކުރިއަށް ގެންދެވުނު ފުރަތަމަ ރެއިޑް އޮޕަރޭޝަނެވެ." އިމިގްރޭޝަނުން ބުންޏެވެ.

މީގެތެރޭގައި ފާހަަގަ ކޮށްލެވެނީ، ސައްހަ ވިސާއެއް ނެތް ިބދޭސީންނާއި މަސައްކަތް ކުރުމަށް ހުއްދަ ހޯދާފައިވާ ތަން ނޫން އެހެން ތަނެއްގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީން ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަންގެ މަސައްކަތުން މިހާތަނަށް 1700 އަށް ވުރެ ގިނަ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން އަނބުރާ ފޮނުވާލާފަިއވާ ކަމަށް ބުނެފައިވެ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!