Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ވިޔަފާރި

އީދާ ދިމާކޮށް މޯލްޑިވިއަނުން އިތުރު 100 ފްލައިޓް އަޅަނީ

އީދާ ދިމާކޮށް މޯލްޑިވިއަނުން އިތުރު 100 ފްލައިޓް އަޅަނީ

ކުރިއަށް އޮތް ބޮޑު އީދާ ދިމާކޮށް ގައުމީ އެއާލައިން، މޯލްޑިވިއަން އިން ދަތުރުތައް އިތުރުކުރަން ނިންމައިފި އެވެ.

މޯލްޑިވިއަނުން މިއަދު ބުނީ، އީދު ބަންދު ތެރޭގައ އެ އެއާލައިނުން ދަތުރުތަކަށް އޮތް ޑިމާންޑް އިތުރުވެފައިވާތީ ފަސިންޖަރުންނަށް ފަސޭހަކަމާއި ފަސޭހަކަމާއެކު ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި އިތުރު ފްލައިޓްތައް ޝެޑިއުލް ކުރަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން އީދު ބަންދާ ދިމާކޮށް 100 އަށްވުރެ ގިނަ ފްލައިޓް އިތުރުކުރަން ނިންމާފައިވާ ކަމަށް މޯލްޑިވިއަނުން ބުންޏެވެ.

Advertisement
Allied Insurance — Square (box)

މޯލްޑިވިއަނުން ވަނީ ދާދި ފަހުން އޭޓީއާރް މަރުކާގެ 4 ވަނަ ފްލައިޓް ރާއްޖެ ގެނެސްފައި އެވެ. އެ އެއާލައިނުން އިން ވަނީ އޭޓީއާރް-42-600ގެ އިތުރު ދެ ފްލައިޓް ރާއްޖެ ގެނައުމަށް އެއްބަސްވުމުގައިވެސް ސޮއިކޮށްފަ އެވެ.

މޯލްޑިވިއަންއިން އޭޓިއާރް މަރުކާގެ ބޯޓުތައް ބޭނުން ކުރަމުން ދަނީ އެތެރޭގެ އުދުހުންތަކަށެވެ. ބޭރުގެ ދަތުރުތަކަށް ބޭނުން ކުރަމުން ދަނީ އޭ320ގެ ބޯޓެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް