Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ބޮލީވުޑް

އަނަންތު އަމްބާނީގެ ކައިވެނި އޮންނާނީ ޖުލައި މަހު، އަގުބޮޑު ތިން ހަފްލާއެއް

އަނަންތު އަމްބާނީގެ ކައިވެނި އޮންނާނީ ޖުލައި މަހު، އަގުބޮޑު ތިން ހަފްލާއެއް

މުކޭޝް އަމްބާނީ އާއި ނީތާ އަމްބާނީގެ އެންމެ ހަގު ދަރިފުޅު އަނަންތު އަމްބާނީގެ ކައިވެނީގެ ހަފްލާތައް އަންނަ ޖުލައި މަހުގެ 12 ވަނަ ދުވަހު ފަށާނެކަން އިއުލާންކޮށްފި އެވެ.

އޭޝިއާގައި ހުރި އެންމެ ބޮޑު މަހުޖަނު މުކޭޝްގެ ދަރިފުޅު އަނަންތު ކައިވެނީގެ ގޮތުން ގުޅެނީ ގިނަ އަހަރުތަކެއް ވަންދެން އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ރާދިކާ މާޗެންޓް އާއެވެ. ރާދިކާއަކީ ފުޅާ ދާއިރާއެއްގައި އިންޑިއާގައި ބޭހުގެ ވިޔަފާރި ކުރާ ތަނަވަސް އާއިލާއަކަށް ނިސްބަތްވާ މީހެކެވެ.

ކައިވެނީގެ ކުރިން ބޭއްވި ފުރަތަމަ ހަފްލާ އޮތީ މިދިޔަ މާޗު މަހު އެވެ. ޖަމްނާގަރުގައި އޮތް އެ ހަފްލާތަކަށް 100 މިލިއަން ރުޕީސް ހަރަދު ކުރި އެވެ. ދެވަނަ ހަފްލާތައް މިއަދު ނިމޭނެ އެވެ. ތިން ދުވަހަށް ދިގުދެމިގެންދާ މި ހަފްލާތައް ކުރިއަށް ގެންދަނީ ލަގްޝަރީ ކްރޫޒެއްގަ އެވެ.

Advertisement
Ooredoo — Truecaller (box)

މިހަފްލާ ނިމޭއިރު ކައިވެނީގެ ކާޑުތައް މެހެމާނުންނާއި ހަވާލު ކުރާނެ އެވެ. ކައިވެނީގެ ހަފްލާއަށް ދައުވަތު ދެނީ ކިހާ އަދަދެއްގެ މެހެމާނުންނަށްކަމެއް އަދި ނޭނގެ އެވެ. އެހެންނަމަވެސް މެހެމާނުންގެ ތެރޭގައި ދުނިޔޭގެ މަޝްހޫރު މޫނުތައް ހިމެނޭނެކަމަށް އޮތީ ބެލެވިފަ އެވެ.

އިންޑިއާގެ ނޫސްތައް ބުނާ ގޮތުގައި ކައިވެނީގެ ހަފްލާތައް ފެށޭނީ ޖުލައި މަހުގެ 12 ވަނަ ދުވަހު އެވެ. ފުރަތަމަ ދުވަހު ހެދުން އަޅަން ޖެހެނީ އިންޑިއާގެ ސަގާފީ ހެދުމެކެވެ. އަދި ދެވަނަ ދުވަހުގެ ތީމް އަކީ ޑިވައިން ބްލެސިންގް އެވެ.

ޖުލައި 14 ވަނަ ދުވަހު އޮންނާނީ ކައިވެނީގެ ފަހު ހަފްލާ އެވެ. އެދުވަހުގެ ތީމް އަކީ އިންޑިއަން ޗިކް އެވެ. މިހަފްލާތައް ބާއްވަނީ އިންޑިއާގެ މުމްބާއީގައި ހުންނަ ޖިއޯ ވޯލްޑް ކޮންވެންޝަން ސެންޓަރުގައި ކަމަށް ރިޕޯޓުތައް ބުނެ އެވެ.

100 ބިލިއަނަށްވުރެއް ގިނަ ފައިސާ ކޮންމެ އަހަރަކު ސާފު ފައިދާގެ ގޮތުގައި ލިބޭ މުކޭޝް އަމްބާނީ އޭނާގެ ހަގު ދަރިފުޅުގެ ކައިވެންޏަށް ގިނަ އަދަދެއްގެ ފައިސާ ހަރަދު ކުރާނެ ކަމަށް އޮތީ ބެލެވިފަ އެވެ. އަމްބާނީ އާއިލާއިން އެންމެ ފަހުން ބޭއްވި ކައިވެނީގެ ހަފްލާއަށް 100 މިލިއަން ޑޮލަރު ހަރަދު ކުރި އެވެ. އެއީ އިންޑިއާ ފައިސާއިން ނަމަ 830 ކްރޯރް ރުޕީސް އެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް