އެމްޕީއެލް އެޕްރެންޓިސް ޕްރޮގްރާމްގައި ބައިވެރިވާން ހުޅުވާލައިފި
މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) އާއި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް ކޮމިއުނިޓީ އެމްޕަވަރމަންޓް ގުޅިގެން 2024 ވަނަ އަހަރު ކުރިއަށްގެންދާ އެޕްރެންޓިސް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި އަހަރު އެޕްރެންޓިސް ޕްރޮގްރާމްގައި ހުޅުވާލާފައިވަނީ ޓަގް އޮޕަރޭޓުންނަށް 08 ޖާގަ އާއި އޮޓޮމޯޓިވް މެއިންޓަނަންސްއަށް 09 ޖާގައެވެ.
މި ޕްރޮގްރާމަށް ހޮވޭޭ ފަރާތްތަކަށް ކޮންމެ މަހަކު -/5000 ރުފިޔާގެ އެލަވަންސްއެއް ލިބޭނެއެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދާނީ 6 މަސް ދުވަހުގެ މުއްދަތަކަށެވެ.
އެމްޕީއެލް އެޕްރެންޓިސް ޕްރޮގްރާމްގައި ބައިވެރިވުމުގެ ސުންގަނޑިއަކީ 10 ޖޫން 2024 ވާ ދުވަހުގެ 15:30އެވެ.
މި ޕްރޮގްރާމް އާ ބެހޭ އިތުރު މަޢުލޫމާތު، އަދި ބައިވެރިވުމަށް އެދޭ ފޯމް ގެޒެޓްކޮށްފައިވާ އިޢުލާންގައި ހިމަނާފައިވާނެއެވެ.