ވަކިވަކި ކްލާސްތަކުން ވައިބާ ގުރޫޕު ނަހަދަން އަންގައިފި
ސުކޫލުގައި ބެލެނިވެރިންނަށް ފޯރުކޮށްދޭން ޖެހޭ މައުލޫމާތު ދިނުމަށް ވަކިވަކި ވައިބާ ގްރޫޕުތައް ނުގެންގުޅެން އެޑިއުކޭޝަން މިނިސްޓްރީން އިރުޝާދު ދީފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ސުކޫލުތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނީ ސްކޫލުތަކުން ބެލެނިވެރިންނާ މުއާމަލާތު ކުރުމަށް ބޭނުންކުރާ ވައިބާ ގްރޫޕްތައް ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަކީ އެއް ފަރާތުން މުއާމަލާތު ކުރާ ކޮމިއުނިޓީ ގްރޫޕްތަކަކަށް ހަދަން އެދޭ ކަމަށެވެ.
އަދި އެ ގުރޫޕުތަކަކީ ސްކޫލުގެ ޑިޖިޓަލް ނޯޓިސް ބޯޑުގެ ގޮތުގައި ބޭނުންކުރެވިދާނެ ބަޔާންކޮށްފައިވެއެވެ.
ނުވަތަ އިތުރަށް ގުރޫޕު ހަދާނަމަވެސް ވަކިވަކި ކްލާސްތަކަށް ހެދުމުގެ ބަދަލުގައި ގްރޭޑަށް ނުވަތަ ކީސްޓޭޖަށް ކަނޑައަޅާ ގުރޫޕު ހަދަން އެދިފައިވެއެވެ.
އެގޮތުން. މުދައްރިސުންނާއި ބެލެނިވެރިން މުއާމަލާތުކުރުމަށް ވަކިވަކި ކްލާސްތަކަށް ރަސްމީ ގްރޫޕްތައް ބޭނުން ނުކުރަން ވަނީ އަންގައިފައެވެ.
ސާކިއުލާގައި ވަނީ ސްކޫލުން ބެލެނިވެރިންނާ މުއާމަލާތު ކުރުމަށް ބޭނުންކުރާ ކޮމިއުނިޓީ ގްރޫޕް މެދުވެރިކޮށް މެސެޖު ފޮނުވާ އެންމެ ލަސް ގަޑިއަކީ ސްކޫލުގެ ކިޔަވައިދިނުމުގެ ދަންފަޅި ނިމޭތާ ދެ ގަޑިއިރަށް ވުރެ ލަސް ގަޑި އަކަށް ނުހަދަން އެދިފައެވެ.
މިއީ ސްކޫލްތަކުން ކުރާ މަސައްކަތްތައް ހަރުދަނާ ކުރުމަށްޓަކައި އަޅާ ފިޔަވަޅެއް ކަމަށް އެޑިއުކޭޝަނުން ބުނެފައިވެއެވެ.
ތިޔަ ވަރަށް ގޯސްވީ ” އެއިރުން އެގަހުކޭލެއް މިގަހު ކޭލެއް ނުއެނގި ގުރޫޕް ބޮޑު މަސްހުނިގަނޑަކަށް ވާނީ…
ތީ ބެލެނިވެރިންގެ އަނގައިގަ ކަސްތޮޅު އެޅުވުން.