ބޮލީވުޑް މުނިފޫހިފިލުވުން

ޝާހުއާއެކު މަސައްކަތް ކުރަން ވަރަށް ބިރުގަނޭ: އަނުރާގު

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ޝާހުރުކް ހާން އާއި އަނުރާގު ކަޝްޔަޕް

ބޮލީވުޑް ސުޕަސްޓާ ޝާހުރުކް ހާން އާއެކު މަސައްކަތް ކުރަން ވަރަށް ބިރުގަންނަ ކަމަށް ޑައިރެކްޓަރު އަނުރާގު ކަޝްޔަޕް ބުނެފި އެވެ.

Ads by Hajj Corporation

"ދޭވް ޑީ" އާއި "ގޭންގްސް އޮފް ވަސްޔަޕޫރު" ފަދަ މޮޅެތި ފިލްމުތަކުން ބޮލީވުޑަށް ޑެބިއު ހެދި ޑައިރެކްޓަރު ވަނީ މޮޅެތި މަސައްކަތްތަކެއް މިހާތަނަށް ކޮށްފަ އެވެ. އޭނާ ހާއްސަވަނީ އޭނާގެ ތަފާތު މަސައްކަތްތަކަށެވެ.

ދާދިފަހުން ދިން އިންޓަވިއުއެއްގައި ސުޕަސްޓާ ޝާހުއާއެކު މަސައްކަތެއް ނުކުރަނީ ކީއްވެތޯ އަނުރާގު ކައިރިން އޮޅުން ފިލުވި އެވެ. އޭނާ ބުނީ ޝާހުގެ މަސައްކަތްތަކަށް އަބަދުވެސް ވަރަށް ލޯބިކުރާ ކަމަށެވެ. ހާއްސަކޮށް "ޗަކްދޭ އިންޑިއާ" އާއި "ކަބި ހާނ ކަބި ނާ" ފަދަ ފިލްމުތައް އޭނާއަށް ވަރަށް ކަމުދިޔަކަމަށް ބުންޏެވެ.

ޝާހުއަކީ ވަރަށް ބޮޑު ފޭން ބޭސްއެއް އޮތް މީހެއް ކަމަށާއި މި ސަބަބަށްޓަކައި އޭނާ ޝާހުއާއެކު މަސައްކަތް ކުރަން ވަރަށް ބިރުގަންނަކަމަށް އަނުރާގު ބުންޏެވެ. އޭނާ ބުނީ ޝާހުގެ ފޭނުން ބޭނުންވާނީ ވަކި ވައްތަރެއްގެ ރޯލަކުން ޝާހު ފެންނަން ކަމަށެވެ. އެހެންނަމަވެސް އަނުރާގަކީ އޭނާގެ ތަފާތު ފިލްމުތަކަށް ހާއްސަ މީހެއްކަމުން ފޭނުން ބޭނުންވާ ކަހަލަ ރޯލެއް ޝާހުއަށް ނުދެވިދާނެކަމަށް އަނުރާގު ބުންޏެވެ.

"މިސާލަކަށް ފޭން. އެއީ ޝާހު ތަފާތު ގޮތަކަށް ފެނުނު ފިލްމެއް. އޭގެ ވާހަކަވެސް ޝާހުގެ އެހެން ފިލްމުތަކާ ކުޑަކޮށް ތަފާތު. އެފިލްމެއް ނުހިނގި. އަހަންނަށް ހީވަނީ ބެލުންތެރިންނަށް ޝާހު ކަމު ނުދިޔައީ ކަންނޭނގެ" އަނުރާގު ބުންޏެވެ.

އަނުރާގު އަކީ އާންމުކޮށް ތްރިލާ ފިލްމުތައް ޑައިރެކްޓު ކުރާ މީހެކެވެ. ކޮމާޝަލް، މާސީ ފިލްމުތަކަށްވުރެއް ބޮޑަށް އޭނާ އިސްކަން ދެނީ ކްރިޓީކްސް ލޯ ބަޖެޓު ފިލްމުތަކަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!