ޚަބަރު ސަރުކާރު

ކަނޑުގެ ހަޒާނާތަކަކީ އިގްތިސާދަށް އޮތް އެންމެ ބޮޑު އުންމީދު: ރައީސް

ރައުފާ ރަޝީދު ، ދެން އޮންލައިން

ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ ތަހުނިޔާ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވައިފިއެވެ.

Ads by MWSC

ރައީސްގެ ރަސްމީ އެކައުންޓުން 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދުނިޔޭގެ ޗާޓުގައި ދިވެހި ކަނޑުތައް އޮތް ސަރަހައްދަކީ މުހިންމު ސަރަހައްދެއް ކަމަށެވެ.

"އެ ކަނޑުތަކުގެ ގުދުރަތީ ނަލަކަމާއި އެކަނޑުގައިވާ ރޯއްޖާއި ހަޒާނާތަކަކީ ދިވެހީންގެ ތިޔާގި އިގްތިސާދަށް އޮތް އެންމެ ބޮޑު އުންމީދު" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވާއިރު ބައިނަލްއަގްވާމީ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވަނީ ގިނަ ހަރަކާތްތަކެއް ހިންގުމަށް ރާވާފައެވެ.

އެގޮތުން ސަރުކާރުގެ އިސްވެރިން ހިމެނޭގޮތަށް މަސްރޭހެއް ވަނީ ފަށާފައެވެ. މީގެ އިތުރުން ރާއްޖޭގެ ހުރިހާ ސުކޫލަކަށް ހުޅުވާލައިގެން މަޒުމޫނު ލިޔުމުގެ މުބާރާތަކާއި ކުރެހުމުގެ މުބާރާތެއް ބޭއްވުމަށް ވެސް އެ ވުޒާރާއިން ވަނީ ނިންމާފައެވެ. އަދި ކުޑަކުދިންނަށް ޑައިވް ހަރަކާތެއްވެސް ވަނީ ބާއްވާފައެވެ.

މީގެ އިތުރުން މިއަދު ކަނޑުރޯދި އުފާ ފެސްޓިވަލްއެއް ހުޅުމާލެ ޕުރަތަމަ ފިޔަވާހީގައި ކުރިއަށް ގެންދިއުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!