މުނިފޫހިފިލުވުން

ސުޝާންތު ކޭސް: ރިއާ ގެ ކޮއްކޮ އާއި ސުޝާންތުގެ ކުރީގެ މެނޭޖަރު ހައްޔަރުކޮށްފި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ސުޝާންތުގެ ލޯބިވެރިޔާ ރިއާ ޗަކްރަބޯޓީގެ ކޮއްކޮ ޝޮވިކް ޗަކްރަބޯޓީ އާއި ސުޝާންތުގެ ހައުސް ކީޕިން މެނޭޖަރު ސެމިއުލް މިރަންޑާ ހައްޔަރުކޮށްފިއެވެ.

Ads by Sosun Fihaara

މި ދެމީހުން ހައްޔަރު ކޮށްފައިވަނީ ސުޝާންތު ގެ މަރުގެ މައްސަލައިގައި ޑްރަގް ގެ މައްސަލަ އެކުލެވޭކަން ފެންމަތި ވެފައިވާ ދަނޑިވަޅެއްގައި، އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިންނެވެ.

ހުކުރު ދުވަހުގެ ހެނދުނު އެންސީބީ އިން ވަނީ ރިއާ ދިރިއުޅޭ ގެޔާއި ސެމިއުލް ދިރިއުޅޭގެ ބަލާ ފާސްކޮށް، ރިއާގެ ފޯނު، ކާރު، ލެޕްޓޮޕް ފަދަ ތަކެތި ބަލާ ފާސްކޮށްފައެވެ.

އެގޮތުން އެންސީބީއިން ވަނީ ޝޮވިކް އާއި ސެމިއުލް އާ އިއްޔެއިން ފެށިގެން ސުވާލު ކޮށްފައިވާއިރު، ޝޮވިކް ވަނީ ސެމިއުލް މެދުވެރިކޮށް މަސްތުވާތަކެތި ގަންނަން މަސައްކަތް ކުރި ކަމަށް އެއްބަސްވެފައެވެ. އަދި މިކަން ކޮށްފައިވަނީ ރިއާ އެގޮތަށް އެދިފައި ވުމުން ކަމުގައި ވެސް ޝޮވިކް ވަނީ ބުނެފައެވެ.

މި ދެމީހުންނާއި މި ޑްރަގް ކޭސް އާ ގުޅުން ހުރި ޑްރަގް ލީޑަރެއް ވެސް ވަނީ ހައްޔަރުކޮށްފައެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!