އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރާ މޯދީ ތިން ވަނަ ދައުރަކަށް ހުވާކުރުމުގެ ރަަސްމިއްޔާތަށް އިންޑިއާއަށް ކުރެއްވި ދަތުރުފުޅަކީ ވަރަށް ކާމިޔާބު ދަތުރުފުޅެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ސިފަކުރައްވައިފި އެވެ.
ރައީސް އިންޑިއާއަށް ވަޑައިގެންނެވީ އިންޑިއާގެ ބޮޑުވަޒީރާއި އިންޑިއާ ސަރުކާރުގެ ކައުންސިލް އޮފް މިނިސްޓާސް ހުވާކުރެއްވުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް އިންޑިއާގެ ބޮޑުވަޒީރު އެމަނިކުފާނަށް އެރުވި ދައުވަތަކަށް، މިދިޔަ ހޮނިހިރު ދުވަހު އެވެ. އެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެމަނިކުފާނު ރާއްޖެ ވަޑައިގެންނެވީ މިއަދު ހެނދުނެވެ.
އެ ދަތުރުފުޅާ ގުޅިގެން ދައުލަތުގެ މިޑިއާ ޕީއެސްއެމްއާ ވާހަކަދައްކަވަމުން ރައީސް މުއިއްޒު އިންޑިއާއަށް ކުރެއްވި ތިން ދުވަހުގެ ދަތުރުފުޅު ސިފަ ކުރެއްވީ ރާއްޖެއަށާއި މުޅި މި ސަރަހައްދަށް ވެސް "ވަރަށް ކާމިޔާބު" ދަތުރުފުޅެއްގެ ގޮތުގަ އެވެ.
މި ދަތުފުޅުގެ ތެރެއިން އެ ގައުމުގެ ސަރުކާރުގެ އިސްވެރިންނާއި ބައްދަލުކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންނެވިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ކުރިއަށް އޮތްތަނުގައި އިންޑިއާއާ އެކު އޮތް ގުޅުން ބަދަހިވެ، އެ ގުޅުމުގެ ތެރެއިން ރައްޔިތުންނަށް ފަައިދާހުރި ކަންތައްތައް ކޮށްދެވޭނެ ކަން ޔަގީންކުރައްވާ ކަމަށެވެ.
"ރާއްޖެއަށް އިރާދަކުރެއްވިއްޔާ ރަނގަޅު ކަންތައްތައް ކުރިއަށް އޮތްތަނުގައި ދެ ގައުމުގެ ގުޅުމުގެ ތެރެއިން ކުރިއަށްވުރެ ވެސް ރަނގަޅު ވެގެންދާނެ ކަމަށް އަޅުގަނޑު ޔަގީންކުރަން. އިރާދަކުރެއްވިއްޔާ ދިވެހިރާއްޖޭއަށް އެންމެ ރަނގަޅު ގޮތް، ދިވެހި ރައްޔިތުންނަށް ހެވާ ލާބަ ލިބޭ ގޮތަށް އަޅުގަނޑުމެން ދެ ގައުމުގެ ގުޅުުމުގެ ތެރެއިން އެކުވެރި ގާތްގުޅުމެއް ފަހިވެގެންދާނެ." ރައީސް ވިދާޅުވި އެވެ.
ވެރިކަމާ ހަވާލުވެވަޑައިގެން، މީގެ ކުރީގެ ރައީސުންގެ ފުރަތަމަ ރަސްމީ ފުރަމާނަ ދަތުރުފުޅަކަށް ވަޑައިގެންފައިވަނީ އިންޑިއާއަށެވެ. ނަމަވެސް ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ފުރަތަމަ ފުރަމާނަ ދަތުރުފުޅެއްގައި ވަޑައިގަތީ ޗައިނާއަށެވެ. އޭގެ ކުރިން ތުރުކީއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވި އެވެ.
ޒަމާންވީ އާދަކާދައާ އެއް ގޮތަށް އިންޑިއާއަށް ވަޑައިނުގަތް އިރު އިންޑިއާގެ ސިފައިން ރާއްޖޭން ފޮނުވާލުމަށް އެމަނިކުފާނު މަސައްކަތް ކުރެއްވި އެވެ. ސިފައިން ބޭލުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅެކެވެ. އިންޑިއާއާއެކު ޑިޕްލޮމެޓިކް ހަމަތަކުގެ ތެރެއިން މަޝްވަރާ ކުރައްވައި ސިފައިން މިހާރު ވަނީ ފޮނުވާލާފަ އެވެ.
ރައީސްގެ މި ދަތުރުފުޅުގައި، ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އިއްޒަތްތެރިންގެ ޝަރަފުގައި އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ ދެއްވި ރަސްމީ ޖާފަތުގައި އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ރައީސް އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫއާ ދެބޭފުޅުން ބައްދަލުކުރައްވައި ދެގައުމުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ މަޝްވަރާތައް ކުރެއްވި އެވެ. މީގެ އިތުރުން އިންޑިއާގެ މިނިސްޓާ އޮފް އެކްސްޓާނަލް އެފެއާޒް ޑރ ސުބްރަމާނިއަމް ޖަޔަޝަންކަރުވެސް ރައީސްގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރެއްވި އެވެ.
ރައީސް އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވި އެވެ. އަދި މި ދަތުރުފުޅަކީ، އެމަނިކުފާނު 2023 ނޮވެންބަރު 17 ވަނަ ދުވަހު ރާއްޖޭގެ ރައީސްގެ މަގާމާ ހަވާލުވެވަޑައިގެންނެވުމަށްފަހު އިންޑިއާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުވެސް މެއެވެ.
ޑުރާމާތިކުޅެނީ މިހާރު މީހުން ވިސްނުން ތޫނުވާނެ ކަމަށް މިބަލަނީ ހުރިހާ މީހުން ވެސް ކުޅެނީ އެއް ގޭމެއް
މިސަރުކާރަށް އެއް ގޮތެއްގައި ތިބެގެން ބަޖެޓަށް އާމްދަނީ ޓެކްސް ބޮޑު ނުކޮށް ހޯދާނެގޮތް ނޭގޭކަން އިނގެނީ އިންޑިއާ ފައިބުޑަށް މުއިއްޒު ވެއްޓެންޖެހެނީ މީ ހަމަ ނޭގެނީ ހިންގަން އިގްތިސާދީ އިލްމްގެ އަލިފުބާވެސް ނޭގެނީއޭ ގައުމީ ވަންތަ ކަމުގެ ކަންފުޅެއް ވެސް ނެތީއޭ ޓީވީއެމް އިން އެކަން އެބަދޭހަ ކޮށްދެއޭ ކޮން ޔޫރޯ އެއްތޭ ގެނެސްދޭންވީ ދަރާ އޮތް ތަނަކުން ކުރަން ހެޔޮވާ ވަރުގެ ކަންކަމެއް ނޫނޭ މިކުރަނީ ސަރުކާރެއް އޮތް ކަން ވެސް ރައްޔިތުންނަށް އިހްސާސް ނުވެއޭދޯ