ޚަބަރު ސަރުކާރު

ރައީސްގެ އިސްނެންގެވުމުގެ ދަށުން "ފަލަސްތީނާއެކު ދިވެހިން" ޓެލެތޯން ފަށައިފި

މަރިޔަމް އުމްނާ އިސްމާޢިލް ، ދެން އޮންލައިން
"ފަލަސްތީނާއެކު ދިވެހިން" ޓެލެތޯން ރައީސްގެ ދެކަނބަލުން ފައްޓަވައިދެއްވުން (ފޮޓޯ/ ރައީސް އޮފީސް)

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަށް "ފަލަސްތީނާއެކު ދިވެހިން" ގެ ނަމުގައި ޓެލެތޯނެއް ފަށައިފި އެވެ.

Ads by Hajj Corporation

ޕީއެސްއެމް އިން އިންތިޒާމްކޮށްގެން މިރޭ 12 ގެ ނިޔަލަށް ކުރިއަށްގެންދާ ޓެލެތޯން ފައްޓަވައިދެއްވީ ރައީސްގެ ދެކަނބަލުން ނެވެ.

ޓެލެތޯން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރު ވިދާޅުވީ މި ހަރަކާތުން ލިބޭ ފައިސާ ފޯރުކޮށްދޭނީ ސީދާ ފަލަސްތީނުގެ ރައްޔިތުންނަށްކަން ކަށަވަރުކުރައްވާނެ ކަމަށެވެ. އެގޮތުން އެ ފައިސާ ފަލަސްތީނަށް ފޯރުކޮށްދޭނީ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ޕަލަސްޓައިން ރެފިއުޖީސް، (އަންރުއާ) މެދުވެރިކޮށެވެ.

" އެންމެ ފުރަތަމަ އަޅުގަނޑުމެން މި ފައިސާ ހަވާލުކުރާނީ ފޮރިން މިނިސްޓްރީއަށް، ފޮރިން މިނިސްޓްރީން އަންރުއާއާ ހަވާލުކުރާނީ" ޒީނާ ވިދާޅުވި އެވެ.

އެހީތެރިވާނީ ކިހިނެއް؟

  • މާލެ ސަރަހައްދުގައި 13 ފަންޑު ފޮށި ވަނީ ބަހައްޓާފަ
  • އެ ފޮށިތަކުގެ ތެރެއިން ޓީވީއެމްގައި ހުރި ފަންޑު ފޮށި ފިޔަވާ އެހެން ހުރިހާ ފޮށްޓެއް އިރުއޮއްސުމާ ހަމަޔަށް ހުޅުވާފަ ހުންނާނެ
  • ޓީވީއެމް ގޯތިތެރޭގައި ހުރި ފަންޑުފޮށި ބަަންދުކުރާނީ މިރޭ 10އެއް ޖަހާއިރު
  • އޮންލައިންކޮށް ވެސް ފައިސާ ޖަމާކުރެވޭނެ
  • ޑޮލަރު އެކައުންޓް: 7730000655866
  • ދިވެހި ރުފިޔާ އެކައުންޓް: 7730000655865

މި ހަރަކާތުގައި ސަރުކާރުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިތުރުން ސަރުކާރުގެ އިސްވެރިން ވެސް ވަނީ ބައިވެރިވެވަޑައިގެން ފަލަސްތީނަށް އެހީވެފަ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!