ޚަބަރު

މަންމައަށް އަނިޔާ ކުރި މީހަކު 8 މަހަށް ޖަލަށްލާން ހުކުމްކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ކްރިމިނަލް ކޯޓް، ފޮޓޯ: ދެން އިމޭޖަސް

މަންމައަށް އަނިޔާކުރިކަމުގެ ކުށް ސާބިތުވި މީހަކު 8 މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

Ads by Sosun Fihaara

ކްރިމިނަލް ކޯޓުން އެ ހުކުމް ކޮށްފައިވަނީ މާލެ، ހ.ގާޑަންބިއުޓީ، އިބްރާހިމް އިކްރާމްގެ މައްޗަށެވެ.

ފެމެލީ ކޯޓުން ވަނީ މީގެ ކުރިން، ޖޫން 2، 2022 ގައި ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަވަސް އަމުރެއްގެ އޭނާގެ މައްޗަށް ނެރެފައެވެ. އިކްރާމްގެ މައްޗަށް އަވަސް އަމުުރު ނެރެފައިވަނީ އޭނާގެ މަންމަ، ހ.ގާޑަންބިއުޓީ، އައިޝަތު ސައީދާއަށް ޖިސްމާނީ އަނިޔާ ނުކުރުމަށާއި، ބަހުގެ ހަމަލާނުދިނުމަށާއި ބިރު ނުދެއްކުމަށާއި، ނަފްސާނީ ގޮތުން އަނިޔާ ނުކުރުމުގެ އިތުރުން އިގްތިސާދީ ގޮތުން ދަތިނުކުރުމަށް އަންގާފައި ވަނިކޮށް އަނިޔާދިން މައްސަލާގައެވެ.

އިކްރާމްގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ރައްކާތެރިކަމުގެ އަމުރާ ހިލާފުވުމުގެ ކުށުގެ ދައުވާއާއި އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާތަކަށް އޭނާ ވަނީ އިއުތިރާފްވެފައެވެ

ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ބުނީ، ފަސް ފަހަރެއްގެ މަތިން، އިކްރާމް އޭނާގެ މަންމަ އަށް އަނިޔާކޮށްފައިވާ ކަމަށެވެ. ފެބްރުއަރީ 24، 2022 ވަނަ ދުވަހު 14:00 ހާއިރު ސައިދާ ދިރިއުޅޭ ގޭގެ  ކޮޓަރީގައި އޮއްވާ "ތިއީ ޝައިތޯނެކޭ ތިއީ ޖަނަވާރެކޭ'' ބުނެ "މަރާލަންވެފައި ހުރި އެއްޗެކޭ މަރާލަންވީއޭ" ބުނެ ބިރު ދައްކައި ސައިދާގެ އަތުގައި ޖަހައި އަނިޔާކޮށްފައިވާ ކަމަށެވެ.

އަދި ފެބްރުއަރީ 25، 2023 ވަނަ ދުވަހު 6:30 ހާއިރު ސައިދާގެ ވައަތު ކުޑަހުޅާއި އުޅަބޮއްޓާ ދޭތެރޭގައި އަތުން އިކްރާމް ޖަހާފައިވާ ކަމަށާއި އެ ހަމަނުޖެހުމުގެ ތެރޭގައި ސައިދާއާ ދިމާލަށް ލައިޓަރެއް އެއްލުމުގެ ސަބަބުން އޭނާއަށް އަނިޔާވެފައިވާ ކަމަށް އިއްޔެ ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ބުންޏެވެ.

އޭގެ އިތުރުން މެއި 13، 2023 ވަނަ ދުވަހުގެ 20:00 ހާއިރު، އިކްރާމް އޭނާގެ މަންމަ ބޮލުގައި ޖަހައި އަނިޔާކޮށްފައިވާއިރު، ޖޫން 19، 2023 ގައި އަތުގައި ޖަހާ އަނިޔާކޮށްފައިވެ އެވެ. އޭގެ ފަހުން ޖޫން 23، 2023 ގައި ގޭގެ ދޮރުމަތީގައި ސައިދާ ހުއްޓާ 500 އެމްއެލްގެ ފެންފުޅިއެއް އެއްލުމުގެ ސަބަބުން ސައިދާގެ މޭމަތީގައި ޖެހި އަނިޔާވެފައިވާ ކަމަށް ކޯޓު އަމުރުގައި ބުންޏެވެ. ހުކުމްގައިވާ ގޮތުން ޖުލައި 4، 2023 ގައި ކޮޓަރީގައި ސައިދާ ހުއްޓާ އިކްރާމް ވަނީ ދެ ފޫޓް ހުންނަވަރުގެ އެސްލޯން ހޮޅިބުރިއަކުން އޭނާގެ ވައަތުގައި ޖަހާފައިވާ ކަމަށެވެ.

ރައްކާތެރިކުރުމުގެ އަމުރާ ހިލާފުވުމުގެ ކުށުގައި 6 މަހަށް އަދި އަނިޔާއެއް ދިނުމުގެ ކުށުގައި 2 މަހާއި 12 ދުވަހަށް، މުޅިއެކު 12 މަހަށް ޖަލަށްލާން ގާޒީ އާމިނަތު އަޒްލިފާ ވަނީ ހުކުމްކޮށްފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!