ޚަބަރު

ސައިކަލުތަކުގައި ގަސްދުގައި ރޯކޮށްލި ކަމުގެ ހެއްކެއް ނެތް: ފުލުހުން

އައިކާ ޔުނާން ، ދެން އޮންލައިން

ހެންވޭރު މެހެލިގޯޅީގައި ޕާކުކޮށްފައި ހުރި ސައިކަލްތަކެއްގައި ރޯވި އެނދި ހާދިސާގައި ގަސްދުގައި ބަޔަކު އަލިފާން ރޯކޮށްލި ކަމުގެ ހެއްކެއް ނެތް ކަމަށް ފުލުހުން ބުނެފިއެވެ.

Ads by STELCO

ހެންވެރު އެފްއެސްއެމް ޕެޓްރޯލް ޝެޑް ކައިރީގައި އެ ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރު 00:27 ހާއިރު އެވެ.

ފުލުހުން މިއަދު ބުނީ މި މައްސަލާގައި މިހާތަނަށް ތަހުގީގަށް ބެލެވެނީ އަލިފާން ރޯވި ކަމަށާއި ގަސްދުގައި ބަޔަކު ކުރި ކަމެއް ނުބެލެވޭ ކަމަށެވެ. އަދި އެފަދަ ހެއްކެއް ވެސް ލިބިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހަށްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ. ރޯވި އަލިފާން ގަނޑު ނިއްވާލެވިފައިވަނީ 00:42 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

މި ހާދިސާގައި ފަސް ސައިކަލެއް ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދާފައިވާއިރު އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!