ޚަބަރު

ޕޯސްޓު މެދުވެރިކޮށް ކެނަބިސް އެތެރެކުރި މީހަކު ހައްޔަރުކޮށްފި

މަރިޔަމް އުމްނާ އިސްމާޢިލް ، ދެން އޮންލައިން
ކްރިމިނަލް ކޯޓު/ ފޮޓޯ:ދެން

ޕޯސްޓު މެދުވެރިކޮށް ރާއްޖެއަށް ކެނަބިސް އެތެރެކުރި މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

Ads by STELCO

މަސްތުވާތަކެތި އެތެރެކޮށް، ބޭނުންކޮށް އެތަކެތީގެ ވިޔަފާރިކުރުމުގެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ 30 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު 15 ދުވަސް ޖަހާފައިވެ އެވެ.

ކޯޓު އަމުރުގައި ބުނާ ގޮތުން އޭނާ ހައްޔަރުކޮށްފައިވަނީ ޕޯސްޓު މެދުވެރިކޮށް ގެނައި ޕެކޭޖެއްގައި މަސްތުވާތަކެތި ހުރި ކަމަށް ޝައްކުވެގެން ހިންގި އޮޕަރޭޝަނެއްގަ އެވެ. އެގޮތުން އެ ފޮށިގަނޑު ބަލާ އައި ފަރާތުގެ ހާޒިރުގައި ކަނޑައި ބެލިއިރު ކެނަބިސްކަމަށް ޝައްކުކުރެވޭ 1006 ގްރާމްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.

"ބަލައި އައި ފަރާތުގެ އެހީތެރިކަމާއެކު ހިންގުނު ކޮންޓްރޯލްޑް ޑެލިވަރީގައި ފޮށިގަނޑު ބަލާއައީ މީނާ. މިދެމީހުންގެ ދެމެދުގައި މުއާމަލާތްތަކެއް ކުރެވިފައިވާ ކަމަށް ސީންގައި ތިބި ފުލުހުންގެ ބަޔާނުން އެނގޭ." ކޯޓު އަމުރުގައި ބުނެފައިވެ އެވެ.

އެ އަމުރުގައި ވާގޮތުން ހައްޔަރުކުރި މީހާގެ ސައިކަލު މަޑިދަށުން މަސްތުވާއެއްޗެއް ކަމަށް ބެލެވޭ އެއްޗެއް ހުރި ޖޫސްޕެޓީ ކޮތަޅެއްވެސް ފެނިފައިވެ އެވެ. އަދި އެމީހާގެ ކުޑަކަމުދާތަކެތި ޓީއެޗްސީއަށް ޕޮޒިޓިވްވެފައިވާ ކަމަށް ވެެއެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!