ވިޔަފާރި

ޕެޓްރޯލް އަދި ޑީސަލްގެ އަގު ބޮޑެއް ނުވޭ، "މިހާރު" އިން ހެދީ ދޮގެއް- އަމްރު

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
ފޮޓޯ: މިހާރު

ޕެޓްރޯލް ޝެޑްތަކުން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑެއް ނުކުރާ ކަަމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބުނެފިއެވެ.

Ads by MWSC

މިކަމާއި ގުޅިގެން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން އަމްރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިހާރު ނޫހުގައި ޖަހާފައިވަނީ ވަރަށް ބޮޑު ދޮގު ޚަބަރެއް ކަަމަށާއި ވަގުތު ނޫހުން ވެސް އެ ހެޑްލައިން ކޮޕީ ޕޭސްޓު ކޮށްފައިވާ ކަމަށެވެ. އަދި ނޫސްވެރިންކަން ކުރި އަރާނީ ޒިންމާދާރު ގޮތެއްގައި ނޫސްވެރިކަން ކޮށްގެން ކަމަށް ވެސް އަމްރު ވިދާޅުވިއެވެ. މިޓްވީޓްގައި އަމްރު އިތުރަށް ވިދާޅުވީ މިހާރު އެ ނޫހުން މި ޚަބަރު ނަގާފައިވާ ކަަމަށެވެ.

ޕެޓްރޯލް ޝެޑްތަކުން ޑީސަލް ލީޓަރެއް މިހާރު ވެސް ވިއްކަމުން ދަނީ 8.71ރ އަށެވެ. އަދި ޕެޓްރޯލް ލީޓަރެއް ވިއްކަމުން ދަނީ 8.07ރ އަށެވެ. މި އަގުގައި ޕެޓްރޯލާއި ޑީސަލް އެސްޓީއޯ އިން ވިއްކަން ފަށާފައިވަނީ މިއަހަރުގެ މާރޗް މަހުގެ 21 ވަނަ ދުވަހުން ފެށިގެންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!