މިއަދު ފައްސިވީ 112 ދިވެހިންނާއެކު ޖުމްލަ125 މީހުން،ޝަފާކުމުﷲ!

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިތުރު 125 މީހަކު ކޮވިޑަށް ފައްސިވެއްޖެއެވެ.
އެޗްޕީއޭއިން ބުނީ، މިއަދު ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ 112 ދިވެހީންނާއި 13 ބިދޭސީން ކަމަށެވެ. މިއާއެކު ރާއްޖެއިން ފައްސިވި މީހުންގެ ޖުމްލަ ވަނީ 8486 އަށް އަރައިފައެވެ.
އަދި ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 5822 މީހަކު މުޅިން ރަނގަޅުވެފައި ވާއިރު، މިވަގުތު އެކްޓިވް ކޭސްތަކުގެ ގޮތުގައި ތިބީ 2629 މީހެކެވެ.
ކޮވިޑް-19 ގައި ރާއްޖެއިން މިހާތަނަށް 29 މީހަކު ވަނީ ނިޔާވެފައެވެ.