ކޮވިޑް-19: އަލްޙަމްދުލިﷲ އިތުރު 180 މީހަކު ބަލިން ރަނގަޅުވެއްޖެ

ކޮވިޑް-19 އަށް ފައްސި މީހުންގެ ތެރެއިން 180 މީހަކު މިއަދު ބަލިން ރަނގަޅުވެއްޖެއެވެ.
މިއަދު ބަލިން ރަނގަޅުވި މީހުންނާ އެކު ރާއްޖޭގައި ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 5822 އަށް އަރާފައެވެ.
މިއަދު ރާއްޖެ އިން އިތުރު 125 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އެމީހުންގެ ތެރޭގައި ހިމެނެނީ 112 ދިވެހީންނާއި 13 ބިދޭސީންނެވެ.
މިއާއެކު ރާއްޖެއިން ފައްސިވި މީހުންގެ ޖުމްލަ ވަނީ 8486 އަށް އަރައިފައެވެ. މިވަގުތު އެކްޓިވް ކޭސްތަކުގެ ގޮތުގައި ތިބީ 2629 މީހެކެވެ.
ކޮވިޑް-19 ގައި ރާއްޖެއިން މިހާތަނަށް 29 މީހަކު ވަނީ ނިޔާވެފައެވެ.