މިނިސްޓަރު އިހުސާން ހާޒިރުކުރި ކޮމިޓީ ސިއްރު

ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ހާޒިރުކުރާ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގެ ބައްދަލުވުން ސިއްރުކުރަން ނިންމައިފި އެވެ.
އެ ބައްދަލުވުން ސިއްރުކުރަން ހުށަހެޅުއްވީ، ކެލާ ދާއިރާގެ މެމްބަރު އަބްދުالله ޝަރީފް އެވެ. އެ ހުށަހެޅުން ފާސްވީ ކޮމިޓީގައި އެވަގުތު ތިއްބެވި މެންބަރުންގެ އިއްތިފާގުންނެވެ.
ކޮމިޓީ ސިއްރުކުރަން ކޮމިޓީން ނިންމީ، "ތަންކޮޅެއް ސިއްރިއްޔާތުގައި" މައުލޫމާތު ދެއްވަން ބޭނުންވާ ކަމަށް ވަޒީރު މީގެކުރިން ވިދާޅުވެފައިވާ ކަމަށް ކޮމިޓީގެ މުގައްރިރު، އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވުމުން ނެވެ.
"އެހެންވީމާ އެ މައުލޫމާތުތަކާއި އެކީގައި މިނިސްޓަރާއި ފުލުހުންނާ އެކީގައި މިކޮޅަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައި އޮތީ. އެހެންވީމާ އެ ޕްރެޒެންޓޭޝަން މިއަދު އެބައޮތް ދިނުން." ސަލީމް ވިދާޅުވި އެވެ.