ޚަބަރު ރައްޔިތުންގެ މަޖިލިސް

ކުށްތައް ހުއްޓުވަން ލަންކާއާއެކު އެއްބަސްވުމަކަށް ދާން ހުށަހަޅައިފި

މަރިޔަމް އުމްނާ އިސްމާޢިލް ، ދެން އޮންލައިން
ރައްޔިތުންގެ މަޖިލީހުގެ ތަޅުން (ފޮޓޯ/ މަޖިލީސް)

ޖިނާއީ ކުށްތައް މަދުކުރުމަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި "ޓްރީޓީ ބިޓްވީން ދަ ގަވާމަންޓް އޮފް ދަ ރިޕަބްލިލް މޯލްޑިވްސް އެންޑް ދަ ގަވާންމެންޓް އޮފް ދަ ޑިމޮކްރެޓިކް ސޯޝަލިސްޓް ރިޕަބްލިލް އޮފް ސްރީލަންކާ އޮން މިއުޗުއަލް ލީގަލް އެސިސްޓެންސް އިން ކްރިމިނަލް މެޓާޒް" އެއްބަސްވުމުގައި ރާއްޖެއިން ބައިވެރިވުމާ މެދު ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.

Ads by Hajj Corporation

އެ މައްސަލަ ދިރާސާކުރުމަށްޓަކައި މަޖިލީހުގެ ރިޔާސަތުން ވަނީ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް އެ މައްސަލަ ފޮނުވާފަ އެވެ. މި އެއްބަސްވުމުގައި ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ނިންމީ މި މަހުގެ 2 ވަނަ ދުވަހު އެވެ.

މި އެއްބަސްވުމުގެ ބޭނުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން ދެމެހެއްޓުމާ އެކު، ޖިނާއީ ކުސްތައް ހުއްޓުވުމަށް ދެ ގައުމުގެ އެހީތެރިކަމާ އެއްބާރުލުން އެއް ގައުމުން އަނެއް ގައުމަށް ދިނުމެވެ. މި އެއްބަސްވުމުގެ ދަށުން،  އެންމެ ފުޅާދާއިރާއެއްގައި ޖިނާއީ  މައްސަަތަކިގައި އެހީތެރިކަން ދޭން ޖެހޭނެ އެވެ. އެގޮތުން ތަހުގީގުކުމާއި، ޝަރީއަތް ހިންގުމުގައިއާއި މައްސަލަ ނިމުމުނ ހިނގާ ކަންތައްތަކުގައި އެހީތެރިކަން ދިނުން ހިމެނެ އެވެ.

ލަންކާއާއި ރާއްޖެއާ ދެމެދު މިއުޗުއަލް ލީގަލް އެސިސްޓެންސް އެއްބަސްވުމެއްގައި ސޮއިކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2011 ވަނަ އަހަރު އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!