ޚަބަރު

ގޮވާ އެއްޗެއްގެ ނިޝާނެއް ފެނިފައި ނެތް: އެމްއެންޑީއެފް

މަރިޔަމް އުމްނާ އިސްމާޢިލް ، ދެން އޮންލައިން

މާލޭގައި ވޭނަކުން ބާރުގަދަ އަޑެއް އިވުނު ނަމަވެސް އެއިން ގޮވާ އެއްޗެއްގެ ނިޝާނެއް ފެނިފައިނުވާ ކަމަށް މޯލްޑިވްސް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފި އެވެ.

Ads by MWSC

ގަލޮޅު ކަންމަތީގައި އޮތް ވޭނެއްގައި ބާރުގަދަ އަޑެއް ގޮވައިގެން މިއަދު މެންދުރު ފަހު ފުލުހުންނާއި ހަތިޔާރު އެޅި ސިފައިން ހަރަކާތްތެރިވި އެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ.

އެމްއެންޑީއެފުން ދާދި ދެންމެ މީޑިއާ ގްރޫޕުގައި ބުނީ މިހާތަނަށް ބެލި ބެލުމުން އެ ވޭނުން ގޮވާ އެއްޗެއްގެ ނިޝާނެއް ފެނިފައިނުވާ ކަމަށެވެ. އެހެންވެ އެއީ ގޮވާ އެއްޗެއްގެ ސަބަބުން ހިންގި ހާދިސާއެއް ނޫން ކަމަށް ބުންޏެވެ. އިތުރު ނުރައްކަލެއް ނެތްކަން ކަށަވަރުވެފައިވާތީ ސީން މިހާރު ފުލުހުންނާއި ވަނީ ހަވާލުކޮށްފަ އެވެ.

"މިއީ އެކްސްޕޯސިވްއެއްގެ ސަބަބުން ހިނގި ކަމެއް ނޫންކަން ވަނީ ކަށަވަރުކުރެވިފައި. އަދި މިކަން ހިނގާފައިވަނީ ވެހިކަލްގެ ޓެކްނިކަލް މައްސަލައަކުން ކަމަށް ބެލެވޭތީ އެކަން ދަނީ ފުލުހުން ބަލަމުން" އެމްއެންޑީއެފުން ބުންޏެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!