48 ދަޅު ބިޔަރާއި 13 ފުޅި ބަނގުރަލާ އެކު މީހަކު ހައްޔަރަށް
48 ދަޅު ބިޔަރާއި 13 ފުޅި ބަނގުރަލާ އެކު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.
ފުލުހުން ބުނީ ބަނގުރަލުގެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 29 އަހަރުގެ ބިދޭސީ ފިރިހެނަކު ކަމަށެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ހުޅުމާލެ ފުރަތަމަ ފިޔަވަހި ޕޮލިސް ސްޓޭޝަނުގެ ފުލުހުން މިއަދު ރަށުތެރެ ޕެޓްރޯލު ކުރަމުން ދިޔައިރު ރީތިގަސްމަގުން އޭނާ ދުއްވާފައިދިޔަ ވޭން ހުއްޓުވައި ބަލައި ފާސްކުރުމަށްފަހު އެވެ.
އޭނާ އާ މެދު ތުހުމަތު ކުރެވިގެން އެ ވޭން ހުއްޓުވައި ބަލައިފާސްކުރިއިރު 48 ދަޅު ބިޔަރާއި 13 ފުޅި ބަނގުރާ ފެނިފައިވެ އެވެ.
Ads by Allied Insurance