މާލޭގައި މީހަކު ރަހީނު ކުރި މައްސަލައެއް; ތިން މީހަކު ހައްޔަރުކޮށްފި

ކ. މާލޭގައި މީހަކު ރަހީނުކުރި މައްސަލައެއް ފެންމަތިވެ, މައްސަލައިގައި ހިމެނޭ ތިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ, ރަހީނުކުރި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ އިއްޔެ ކަމަށާއި, މި މައްސަލައާ ގުޅުގެން ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ރަހީނުކޮށްފައިވަނި ދިވެހި ފިރިހެނެކެވެ.
މި މައްސަލަައިގައި ހައްޔަރުކޮށްފައިވަނީ ދިވެހި ތިން ފިރިހެނުންނެވެ. އެއީ 30, 27 އަދި 22 އަހަރުގެ ފިރިހެނެކެވެ. މި މައްސަލަ ބަލަމުންދާތީ, މި ތިން މީހުން ވެސް ދިހަ ދުވަހަށް ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.