ލައިފްސްޓައިލް

އެލާމް "ސުނޫޒް" ކޮށްފައި އަލުން ނުނިދާތި، އެއީ ހެދޭ ބޮޑު ގޯހެއް

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ކިތަންމެ ގިނައިރަކު ނިދިޔަސް އަދިވެސް ނިދާލަން ބޭނުންވެދާނެ އެވެ. ގަޑި ނުވަތަ ފޯނު އެލާމް ކޮށްގެން ނިދިން ހޭލާ ބައެއް މީހުން އެލާމްގެ އަޑަށް ހޭލުމަށް ފަހު "ސްނޫޒް" އަށް ފިއްތާލަ އެވެ. އަނެއްކާ ވެސް މަދު މިނެޓްކޮޅަކު ނިދާލުމުގެ ބޭނުމުގައެވެ.

Ads by Sosun Fihaara

ހީވެފައި އޮންނަނީ އިތުރަށް ކިތަންމެ ކުޑަ ވަގުތުކޮޅެއްގެ ނިދި ލިބުނަސް އިތުރު އަރާމެއް ލިބޭނެ ކަމަށެވެ. އެކަމަކު ތަޖުރިބާކާރުން ވިދާޅުވަނީ މިއީ މުޅިން ގޯސް ހީއެއް ކަމަށެވެ. އެލާމަށް ހޭލުމަށް ފަހު އަދި ކުޑައިރުކޮޅަކު ނިދާ ނަމަ ވަރުބަލިކަމާއި ބޮލަށް ބަރުވުން އިތުރުވާނެ ކަމަށް ތަޖުރިބާކާރުން ވިދާޅުވެ އެވެ.

ސަބަބު ވަރަށް ސާފެވެ. އެލާމުގެ އަޑަށް ހޭލެވުމުން، ސްނޫޒް ބަޓަން ބޭނުންކުރަނީ އަދި ކުޑައިރުކޮޅެއް ފަހުން އެލާމް ވާނެ ގޮތް ހެދުމަށެވެ. އެކަމަކު ހޭލެވުމަށް ފަހު އަލުން ފުން ނިދީގެ ތެރެއަށް ދާނެ ވަގުތެއް، ދެ އެލާމްގެ ދެމެދަކު ނުހިނގަ އެވެ. ނިދެމުން ގޮސް، ފުރިހަމަ ނިންޖަކާ ހިސާބަކަށް ނުދެވި އުޅެނިކޮށް، ނިދުމުގެ މަރުހަލާތައް އެއްކޮށް ހުއްޓުމަކަށް ގެންނަން ޖެހެނީ އެވެ. މިކަމުގެ ސަބަބުން ސިކުނޑިއަށް އޮޅުން އަރައެވެ.

ހަށިގަނޑުގެ ގުދުރަތީ ގަޑި ނުވަތަ ބޮޑީ ކްލޮކް މިކަމުގެ ސަބަބުން ހަމައިން ނެއްޓެއެވެ.

މިއީ ވަރަށް ގިނަ މާހިރުން ތާއީދު ކުރައްވާ ތިޔަރީއެކެވެ. ތަޖުރިބާކާރުން ލަފާ ދެއްވަނީ މަދު މިނެޓްކޮޅެއްގެ ނިދިން ހަށިގަނޑަށް އަރާމު ހޯދަން މަސައްކަތް ކުރުމުގެ ބަދަލުގައި، 7-9 ގަޑިއިރުގެ ނިދި ލިބޭހާ ވަގުތު އޮއްވާ ނިދާށެވެ. އެހެން ނޫނީ ލިބޭނީ ގެއްލުމެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!