ޚަބަރު

ޗައިނާއިން މަސައްކަތް ކުރަނީ އިދިކޮޅަށް ފައިސާ ދީގެން ވިޔަސް ޤައުމު ހަލަބޮލި ކުރަން: އާޒިމް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޗައިނާ ސަރުކާރުން ރާއްޖޭގެ އިދިކޮޅު ފަރާތްތަކަށް ފައިސާ ދީގެން ރާއްޖޭގެ ސިޔާސީ މަޝްރަހު ހަލަބޮލި ކުރަން ކުރާ މަސައްކަތް ހުއްޓާލުމަށް އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމް ގޮވާލައްވައިފިއެވެ.

Ads by STELCO

ރާއްޖެ ޓީވީއިން ދެއްކި "ސިޔާސީ ދުނިޔެ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އަލީ އާޒިމް ވަނީ އިދިކޮޅުން ކުރާ މަސައްކަތަކީ ޗައިނާ ސަރުކާރުން ފައިސާ ހަރަދު ކޮށްގެން ކުރަމުންދާ މަސައްކަތެއްކަން ފާހަގަ ވެފައި ކަމަށެވެ.

ކޮވިޑްގެ މިފަދަ ނާޒުކު ޙާލަތެއްގައި މުޅި ދުނިޔެ ވަނިކޮށް ޗައިނާއިން ރާއްޖޭގެ ސިޔާސީ ކަންތައްތަކަށް ބެހުމަކީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށާއި އެކަން ހުއްޓާލުމަށް ޗައިނާގެ ސަރުކާރަށް ދަންނަވާ ކަމަށް ވެސް އަލީ އާޒިމް ވިދާޅުވެފައިވެއެވެ.

މީގެއިތުރުން މިދިޔަ ހަފްތާގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބޭއްވި ސައިކަލު ބުރުގައި ކުރީގެ ރައީސް ޑރ. މުހަންމަދު ވަހީދު ހަސަން މަނިކު "ބޮޑު މަންޒަރު އަދި އޮތީ" ކަމަށް ބުނެ ދައްކަވާފައިވާ ވާހަކައަށް ވެސް އާޒިމް ރައްދުވިއެވެ. އެގޮތުން ވިދާޅުވީ، ބޮޑު މަންޒަރު ކިތަންމެ ފަހަރަކު އޮތީ ފެނިފައި ކަމަށާއި އަލުން އަނބުރާ އެމްޑީޕީގެ ވެރިކަން ވައްޓާލާނެ ފުރުސަތު ރައީސް ވަހީދަށް ނުދެއްވާނެ ކަމަށެވެ.

"ކޮންމެ ފަހަރަކު އެމްޑީޕީގެ ވެރިކަމާއި ތޮޅި ބޭނުން ގޮތެއް ހަދަން އިދިކޮޅަށް ފުރުސަތެއް ނުދޭނަން" އާޒިމް ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!