ޚަބަރު

ގިނަ ކުދިންތަކެއް އިންތިޒާރު ކުރަމުން އަންނަ "ރޮބޮމޭން - ދަ މޫވީ" އަންނަ މަހު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އެމްއެސް ވީޑިއޯ ކްލަބާއި އޯކޭޒް އިންކްއިން ހަދާފައިވާ "ރޮބޮމޭން - ދަ މޫވީ" ސެޕްޓެންބަރު މަހު 26ގައި އާއްމުންނަށް ދޫކޮށްލަން ނިންމައިފި އެވެ.

Ads by MWSC

މި ފިލްމަކީ، ހިޔާލީ ވާހަކައެއްގެ މައްޗަށް ބިނާކޮށް، ހުރިހާ އުމުރަކާއި ގުޅޭ ގޮތަށް އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމުގެ ލީޑަކީ މަޝްހޫރު ކެރެކްޓާ ރޮބޯމޭން އެވެ. އޭގެ އިތުރުން ދިވެހި ފިލްމް އިންޑަސްޓްރީގައި ނަން ހިނގާ ބައެއް ތަރިން ފިލްމުން ފެންނާނެ އެވެ. އޭގެ ތެރޭގައި އެކްޓްރެސް އައްޒައާއި, އެކްޓާ ރަވީ ހިމެނެ އެވެ. އޭގެ އިތުރުން ދިވެހި ސިނަމާތަކުން ނުފެންނަ މޫނުތަކެއް ވެސް މި ފިލްމުން ފެނިގެންދާނެ އެވެ.

ރޭ "ރޮބޮމޭން - ދަ މޫވީ"ގެ ޓީމުން ރޭ ވަނީ ހާއްސަ އިވެންޓެއް ބާއްވާފަ އެވެ. މި އިވެންޓްގައި ފިލްމުގެ ސްޕޮންސަރުންނާއެކު ވަނީ ސޮއިކޮށްފަ އެވެ. އަދި ފިލްމެގެ ޓްރެއިލާގެ ޓީޒާއެއް ވަނީ ދައްކާލާފަ އެވެ.

މަހުދީގެ ކްރިއޭޓިވް ސްކްރީންޕްލޭގެ މައްޗަށް ބިނާކޮށް އުފައްދަން ނިންމާފައިވާ މި ފިލްމް ޑައިރެކްޓް ކޮށްފައިވަނީ މަޝްހޫރު ކެމެރާމަން އިބްރާހިމް ވިޝާން (ކަނޑި) އާއި ރާއްޖޭގެ މަޝްހޫރު ޑައިރެކްޓާ، ކޮރިއޮގްރަފަރ، ޕްރޮޑިއުސާ އަދި އެކްޓާ މުހައްމަދު މުންތަސިރު (މުންކޮ)އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!