ޚަބަރު

ރައީސް ޞާލިޙް ދެއްވާ ޚާއްސަ އިނާމު ކުޑަކުދިންގެ މެދުގައި ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ "ރޮބޯ މޭން" އަށް!

ރައުފާ ރަޝީދު ، ދެން އޮންލައިން

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ދެއްވާ ޚާއްސަ އިނާމް، ކުދި ބޮޑު އެތައްބައެއްގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ރޮބޯ މޭން އަށް ލިބިއްޖެއެވެ.

Ads by STELCO

މިނިވަންދުވަހުގެ ރަސްމީ ޖަލްސާގައި، ރައީސް ޞާލިޙް ވަނީ ޝަރަފްވެރިކަމުގެ ޤައުމީ އިނާމު 4 ބޭފުޅަކަށާއި، 1ކުންފުންޏަށް، އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު، 17 ބޭފުޅަކަށާއި ޖަމުޢިއްޔާއަކަށް ދެއްވައިފައެވެ.

ރޮބޯ މޭން އަށް މި އިނާމް ދީފައިވަނީ، ހުނަރުވެރި, ފަންނުވެރި، ޒުވާނުން ގައުމީ ތަރައްގީއަށް ކުރާ އުފެއްދުންތެރި އީޖާދީ މަސައްކަތުގައި ފާހަގަކުރެވޭ ކާމިޔާބީއެއް ހޯދާފައިވާތީއެވެ.

ގަޢުމީ އިނާމަކީ އެކި ދާއިރާތަކުން ޤަޢުމަށްކުރައްވާ ޚިދުމަތާއި، އަދި ޤައުމަށް ރީތި ނަން ހޯދައިދޭ ފަރާތްތަކުގެ އަގު ވަޒަންކޮށް ކޮންމެ އަހަރަކު ދެއްވާ އިނާމެކެވެ. މިޖަލްސާގައި، ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމާއި، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލް ދެއްވުމާއި، ކީރިތި ޤުރްއާން ހިތުދަސްކޮށް، 1 ވަނަ ދަރަޖައިގައި ފާސްވި ޙާފިޡުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ މެޑެލް ވަނީ ދެއްވާފައެވެ.

ޤައުމީ އިނާމާއި މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުން ހޮއްވެވީ، އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އެކުލަވާލެއްވި އިނާމާބެހޭ ކޮމިޓީންނެވެ.

Ads by HDC
  1. ސުރު ކިޔާފައި ހީކުރީ ރޮބޯމޭނާއާ ބެހޭ މައުލޫމާތު ގެންނާނެ ކަމަށް. އޭނާގެ މަސައްކަތްތައް ކަމަށް..