ޚަބަރު

ފުރަބަންދުގައި ކުދިން ފޫހި ފިލުވައި ދިނުމަށް ރޮބޯމޭން!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

2015 ވަނަ އަހަރު އުފަންވި މި ކެރެކްޓާގެ ފެށުމަކީ ފިހާރަތަކުގެ ޕްރޮމޯޝަންތައް ފެށުމަށް ބާއްވާ ހަފްލާތަކުގައި މުނިފޫހިފިލުވައި ދިނުމެވެ. ނަމަވެސް އެދުވަސް އެއީ މިހާރު މާޒީއެވެ. ރިސޯޓުތަކުން ފެށިގެން ގޮސް ސަރުކާރުގެ އިވެންޓުތަކުންނާއި ބޮޑެތި ކުންފުނިތަކުން ބާއްވާ އިވެންޓުތަކުގައި މިއީ މިހާރު ފަރިތަ މޫނެކެވެ. ކުޑަކުދިންގެ ޕާޓީތަކާއި ހިތާނު ޕާޓީތައް ފުރިހަމަ ކުރުމަށް ރޮބޯމޭން ވަރެއް މިހާރު ނެތެވެ.

Ads by STELCO

ރޮބޯމޭންއަކީ ގިނަ ބައެއްގެ މަގުބޫލުކަން ހޯދައިފައިވާ ކެރެކްޓާއެކެވެ. އެތައް ކުޑަކުދިންނެއްގެ ފޭވަރިޓެވެ. ރޮބޯމޭންއާ ބައްދަލު ކޮށްލާ ރޮބޯމޭންއާއެކު ނަށާލާ ސަކަރާތް ޖަހާލުމަކީ ކޮންމެ ކުއްޖެއް ވެސް ދެކޭ ހުވަފެނެކެވެ. އެހެން ނަމަވެސް ކޮވިޑް-19ގެ ޕެންޑަމިކާއެކު މިވަނީ މިފަދަ ގިނަ ހަރަކާތްތައް ހުއްޓިފައެވެ. ޕާޓީތައް ނުބޭއްވި ކުޑަކުދިންގެ ހަވީރުތައް "ފޫހި" ކޮށްލައިފައެވެ.

އެކަމަކު މިއޮތީ މާ އުފާވެރި ޚަބަރެކެވެ. ބޭރު އެކި ތަންތަނުގައި ޕާޓީތައް ނުބޭއްވުނަސް ބޭރަށް ނުގޮސް ގޭގައި ތިބެގެން ވެސް ރޮބޯމޭންއާ ބައްދަލު ކޮށްލާ ރޮބޯމޭންއާއެކު ނަށާލެވިދާނެއެވެ. ކުދީންގެ އުފަންދުވަސް އައުމުން އެ ދުވަސް ފާހަގަ ނުކޮށް ޙާލަތު ރަނގަޅުވެ ޕާޓީއެއް ބޭއްވޭނެ ދުވަހެއްގެ އިންތިޒާރުގައި ދެރަވެފައި ނުތިބެ ހަމަ އެ ދުވަހު އުފަންދުވަސް ފާހަގަކުރެވިދާނެއެވެ. އާއިލާއާއެކު ގޭގައި ކުޑަކުޑަ ޕާޓީއެއް ބާއްވާލެވިދާނެއެވެ. ރަހުމަތްތެރިންނަށް ދަޢުވަތު ދޭށެވެ. ދުނިޔޭގެ ކޮންމެ ހިސާބެއްގައި ހުރެގެން ވެސް މި ޕާޓީގައި ބައިވެރި ވެވޭނެއެވެ. ޒޫމް މެދުވެރިކޮށް ރޮބޯމޭން ޕާޓީގައި ފުރިހަމައަށް ބައިވެރިވާނެއެވެ. މިފަހަރު މި ހުޅުވާލި ފުރުޞަތަކީ ކުދިންގެ އުފަންދުވަސްތައް ފަދަ ޚާއްޞަ ދުވަސްތައް ގޭގައި ތިބެގެން ހަމަ އެ ދުވަހު ފާހަގަ ކުރުމަށް ހުޅުވާލި ފުރުޞަތެކެވެ.

ރޮބޯމޭން ވަނީ މީގެ ކުރިން ވެސް އޮންލައިންކޮށް ހަރަކާތްތަކުގައި ޙަރަކާތްތެރިވެފައެވެ. އެގޮތުން ސުކޫލްތަކުން އޮންލައިން އިވެންޓުތައް ބާއްވާ ކަމަށާއި ބައެއް އިވެންޓުތަކުގައި 700 އެއްހައި ކުދިން ބައިވެރިވާކަން ރޮބޯމޭން ފާހަގަކުރިއެވެ. މި ފުރުސަތު މިފަހަރު މިއޮތީ އޮންލައިންކޮށް ކަމަށް ވުމުން ރަށްރަށުގައި ތިބޭ ކުދިންނަށް ވެސް މި ފުރުސަތު އެބައޮތެވެ. ރަށުގައި ހުރެގެން ވެސް އޮންލައިންކޮށް ރޮބޯމޭންއާ ބައްދަލުކޮށްލައިގެން ރޮބޯމޭންއާއެކު މަޖާކޮށްލައި ނަށާލެވޭނެއެވެ.


މީގެ ކުރިން ވެސް މި ހާލަތުގައި ބައެއް ސުކޫލްތަކުންނާއި ބައެއް ރަށްރަށުން ކުދިން ވަނީ އޮންލައިންކޮށް ބައިވެރިވެ ރޮބޯމޭންއާއެކު ވަރަށް "އެންޖޯއި" ކޮށްފައެވެ. އެގޮތުން ގޭބަންދުވެފައި ތިބޭ ކުޑަކުދިން ހެއްވާލަދިނުމަށް ރޮބޯމޭން ވަރެއް ނޯއްނާނެ ކަން ޔަގީނެވެ. އެކުދިން ގޭގައި ތިބެތިބެ ފޫހިވުމުން އެ ކުދިން ފޫހި ފިލުވައިލަދިނުމަށް ވެސް ރޮބޯމޭން އަކީ ހަމަ އެއްވަނައެވެ.

އޮންލައިންކޮށް ރޮބޯމޭންގެ ދެ ޕެކޭޖެއް މިހާރު ވަނީ ތަޢާރަފުކޮށްފައެވެ. އެއީ ވަކިވަކި ކުދިންނާއެކު ރޮބޯމޭން ބައިވެރިވާ ޕެކޭޖޭޖަކާއި ގިނަ ކުދިންތަކަކާއެކު ޕާޓީ ފަދަ ޙަރަކާތްތަކުގައި ރޮބޯމޭން ބައިވެރިވާ ޕެކޭޖެކެވެ.
ރޮބޯމޭން މިހާރު ވެސް ކުދިންނާ އެކު ވީޑިއޯކޯލް ކޮށްގެން އެކުދިންގެ މުނިފޫހި ފިލުވައިދެއެވެ. ކުދިން އުފާކޮށްދެއެވެ. މިހާރު މި އޮތީރަނުގެފުރުސަތެކެވެ. ބޭރަށް ނުދެވުނަސް ރޮބޯމޭންއާއެކު މިހާރު ނަށާލެވޭނެއެވެ.

ރޮބޯމޭންއާ ގުޅުއްވޭނީ 7972112 މި ނަންބަރުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!