އިޖުތިމާޢީ

ޑެޑްޕޫލް ކޮސްޓިއުމުގައި މީހަކު އެއާޕޯޓަށް ދިޔައީ ރައްޓެއްސަކު ބަލާ: ފުލުހުން

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން
ޑެޑްޕޫލް ކޮސްމެޓިކްގައި އެއާޕޯޓަށް ގޮސް ހުރި މީހާއާ ފުލުހުން ސުވާލުކުރަނީ

މާވެލް ކެރެކްޓާ "ޑެޑްޕޫލް" ގެ ކޮސްޓިއުމް އަޅައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް މީހަކު ދިޔައީ ރައްޓެއްސަކު ބަލައި ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

Ads by STELCO

ރޭގައި ޑެޑްޕޫލް ކޮސްޓިއުމް ގައި ހުރި މީހަކު އެއާޕޯޓުގެ ފެރީ ސަރަހައްދުގައި ހަރަކާތްތެރިވާ މަންޒަރު ފެންނަ ވީޑިއޯ ވަނީ ސޯޝަލް މީޑިއާގައި ވައިރަލް ވެފަ އެވެ. އެ ވީޑިއޯގައި، ފުލުހުން އެ މީހާއާ ވާހަކަ ދައްކާ މަންޒަރުވެސް ފެނެ އެވެ.

އެކަމާ ގުޅިގެން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އެއާޕޯޓުގައި ޑެޑްޕޫލް ކޮސްޓިއުމް ގައި ހުރި ދިވެހި ފިރިހެނަކާ ރޭގެ ވަގުތެއްގައި ފުލުހުން ސުވާލުކުރި ކަމަށެވެ. އެކަމަކު އެމީހާ ހައްޔަރުކޮށްފައިނުވާ ކަމަށެވެ.

ޑެޑްޕޫލް އަކީ 2016 ވަނަ އަހަރު ޓިމް މިލާ ޑައިރެކްޓްކުރި އެމެރިކާގެ ސުޕަހީރޯ ފިލްމެކެވެ. ހަމަ އެ ނަމުގެ މާވެލް ކޮމިކްސްގެ ކެރެކްޓާއަށް ބިނާކޮށް 20 ވަނަ ސެންޗަރީ ފޮކްސް އިން ޑިސްޓްރިބިއުޓްކޮށްފައިވާ މި ފިލްމަކީ އެކްސް-މެން ފިލްމު ސީރީޒްގެ ސްޕިން އޮފް އަދި އޭގެ ޖުމްލަ 8 ވަނަ ފިލްމެވެ. އަދި އެ ކެރެކްޓާގެ އެންމެ ފަހުގެ ފިލްމު "ޑެޑްޕޫލް އެންޑް ވޮލްވަރިން" ދަނީ މިހާރުވެސް ސިނަމާތަކުގައި އަޅުވަމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!