ޚަބަރު

ވިއްސާރައާ ގުޅިގެން މާލޭ ސަރަހައްދުގެ ސްކޫލުތައް ބަންދުކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ސްކޫލުގެ ދަރިވަރުންތަކެއް/ ފޮޓޯ: ދެން

ރާއްޖެއަށް މިހާރު ކުރަމުންދާ ގަދަ ވިިއްސާރާގައި މާލެ ސަރަހައްދަށް ބޯކޮށް ވާރެވެހުމުގެ ސަބަބުން ގްރޭޓާ މާލެ ސަރަހައްދުގެ (މާލެ، ވިލިމާލެ، ހުޅުމާލެ) ސްކޫލުތައް މާދަމާ ބަންދުކުރަން ސަރުކާރުން ނިންމައިފި އެވެ.

Ads by STELCO

އެގޮތަށް ނިންމާފައިވާކަން އެޑިއުކޭޝަން މިނިސްޓްރީގެ އިސް ބޭފުޅަކު ވަނީ "ދެން އޮންލައިން" އަށް ޔަގީންކޮށްދީފަ އެވެ.

މައުލޫމާތު ދިން އޮފިޝަލު ވިދާޅުވީ މިނިސްޓްރީން އަދި ނިންމާފައިވާނީ ސްކޫލުތައް މާދަމާ އަށް ބަންދުކުރުމަށް ކަމަށެވެ.

އޭނާ ވިދާޅުވީ ވިއްސާރައިގެ ސަބަބުން އެހެން އަތޮޅުތަކުގެ މައުލޫމާތު މިނިސްޓްރީން އެއްކުރަމުންދާ ކަމަށެވެ. އެއަށް ފަހު އަތޮޅުތަކުގެ ސްކޫލުތަކާ މެދު ގޮތެއް ނިންމާނެ ކަމަށެވެ.

މިއަދު މާލޭގެ ބައެއް ސްކޫލުތަކުގެ މެންދުރުފަހުގެ ދަންފަޅިތައް ވަނީ ބަންދުކޮށްފަ އެވެ.

މިއަދު ކުރި ވިއްސާރާގައި މާލޭގެ ބޮޑު ބައެއްގައި ފެންބޮޑުވެފައިވާއިރު, އަދިވެސް ފެންގަނޑު ނުހިދެ އެވެ.

މޫސުމަށް ބަލާލާއިރު, ހއ އަތޮޅުން ފެށިގެން ލާމު އަތޮޅާ ހަމައަށް މިރޭ 9 ޖަހަންދެން ރީނދޫ އެލާޓް ވަނީ ނެރެފަ އެވެ. މެޓް އޮފީހުން ބުނީ ކުރިޔަށް އޮތް 48 ގަޑިއިރުގެ ތެރޭގައި ވެސް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

  1. ޙަސަނު

    ޥަރަށް ފޫހިވޭ މާލޭ މީހުން ދެކެ….

  2. ޔަގީން

    މީ ޔަގީން ހަބަރެއްތަ؟ ކޮން އިސް ބޭފުޅެއް ބުނީ؟ ނަން ވެސް މެންޝަން ކޮއްލަންވާނެ ދޯ ހަބަރު ފަތުރާ އިރު؟

  3. އެލް ބޯޒޯ

    ދިސް ގަޓަ ބީ ފޭކް

  4. އައްޓަމަސް

    ޢައިޝަތު އަރީނާ ކަމަށް އެބައޮތް މަތީގައި ރަނގަޅަށް ކިޔާފަ ފާޑުކިޔާ