ޚަބަރު

ކާޑު ލިމިޓް އަލުން ދޭން ބީއެމްއެލް އިން ނިންމަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ފޮރިން ޓްރާންސެކްޝަންތަކަށް ރުފިޔާ ކާޑުން ނުކެނޑޭ ގޮތަށް ބީއެމްއެލްއިން ނިންމި ނިންމުން ބަދަލު ކުރަން އެ ބޭންކް ބޯޑު ބައްދަލުވުމެއް ބާއްވަން ނިންމައިފިއެވެ.

Ads by MWSC

"ދެން"އަށް މައުލޫމާތު ދެމުން ބޭންކްގެ އިސް އޮފިޝަލަކު ވިދާޅުވީ, އެ ނިންމުން ބަދަލު ކުރަން ބޯޑު މީޓިންއެއް މިއަދު 1:30ގައި ބާއްވަން ނިންމާފައިވާ ކަމަށެވެ.

ބީއެމްއެލުން ދޫކޮށްފައިވާ ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތް ކުރެވޭ ލިމިޓްތަކަށް މިއަދު ވަނީ ބަދަލު ގެނެސްފަ އެވެ. މި ގެނެވުނު ބަދަލުތަކަށް ވަގުތުން ފެށިގެން އަމަލު ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ ބޭންކުން މީގެ ކުރިން ބުންޏެވެ. ނަމަވެސް މި ބަދަލުތައް މިއަދު އަލުން މުރާޖައާ ކުރާނެ ކަމަށް ނަން ނުޖެހުމަށް ޝަރުތުކޮށް ބޭންކް އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ.

ަމައުލޫމާތު ލިބިފައިވާ ގޮތުގައި ކުރިން ބީއެމްއެލްގެ ބޯޑުން މިއަދު ނިންމާނީ ކުރިން ވެސް އޮތް ގޮތަށް ކާޑު ލިމިޓްތައް މުރާޖައާ ކުރާށެވެ.

Ads by Ooredoo
  1. ލޮޑަރ

    ބަލަ، ބީއެމްއެލް އަށް ޑޮލަރ އޮހިގަތީތޯ، ނޫނީ ހަމަ ރައީސް މީހާ ހެޔޮފުޅު ކަމުން އެންގެވީތޯ، ރައްޔިތުން ގުނބޯ ހައްދަން ނޫޅޭތި، މިއޮތީ ނޫން ގޮތް ހޯދިފަ، ދެން ތިބޭ އަތްޖަހަހން

  2. ކޮން މުރާޖާއެއް. ކުރިން އޮތް ގޮތަށް ބަދަލު ކުރޭ ކަލޭމެން. ރައްޔިތުން ހާލުގަ ޖައްސަން އުޅޭނެ ކަމެއް ނެތް

  3. އިއްބެ

    ތިޔަބޭންކަކީ ދިވެހިންގެބޭންކަކަށްވާނަމަ ބެންކުހިންގަންޖެހޭނީ ދިވެހިންއެދޭގިތަށް ސަރުކާރުއެދޭގޮތަކަށްނޫން

    • ބޮއެކޮޓް

      މީ ބީ އެމް އެލް ބޮއިކޮޓް ކުރަންވީ ވަގުތު

  4. ފަސީ

    ކޮބާތޯ ސަބަބަކީ

  5. މީ އަވަ

    މޯލްޑިވްސް އިސްލާމިކް ބޭންކް ހައްލަކީ

  6. ރައްޒާނުު

    ތިދެން ބަލާޔެނު އިރުކޮޅަ ކުން ގޮތެއް ހަދަން