ޚަބަރު އިޖުތިމާޢީ

ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ހަލުވި ދުވެލީގައި މައްޗަށް އުފުލެނީ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އިންތިހާއަށް އުފުލެން ފަށައިފި

ރާއްޖޭގެ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ހަލުވި ދުވެލީގައި އުފުލެން ފަށައިފި އެވެ.

Ads by Hajj Corporation

ޑޮލަރުގެ އަގު އުފުލެން ފަށާފައިވަނީ ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއިން ރުފިޔާ ކާޑުތަކަށް ޑޮލަރުގެ ހިދުމަތް ދިނުން ހުއްޓާލައި، ޑޮލަރު އެކައުންޓުތަކުން ޑޮލަރު ނެގޭ ލިމިޓު ކުޑަކުރަން ނިންމުމާއި ގުޅިގެންނެވެ.

މައުލޫމާލު ލިބިފައިވާ ގޮތުގައި ކަޅު ބާޒާރުގައި އިއްޔެއާއި މިއަދު ހެނދުނު ޑޮލަރުގެ އަގު އުޅުނީ 18ރ އާއި 18.30 އާއި ދެމެދު އެވެ. އެހެންނަމަވެސް ބޭންކުގެ ނިންމުން އިއުލާން ކުރުމާއިއެކު އަގު 18.50ރ އާއި 18.80ރ އާއި ދެމެދަށް އުފުލިގެން ދިޔަ އެވެ.

މިހާރު ކަޅު ބާޒާރުގައި ޑޮލަރު ލިބެން ހުރީ 22.50ރ އާއި 23ރ އާއި ދެމެދުގެ އަގެއްގައި ކަމަށް ވެއެވެ. ބޭންކުގެ ނިންމުމަށް ބަދަލު ނުގެނަސްފިނަމަ އަގު އިތުރަށް އުފުލިދާނެކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ދެކެ އެވެ.

ބޭންކުން މިއަދު ގެނައި ބަދަލާއިއެކު އެންމެ ބޮޑު ދަތިތަކަކާއި ކުރިމަތިލާން ޖެހޭނީ ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށެވެ. އެކުދިންގެ ހަރަދުތައް ހަމަޖެއްސޭ ވަރަށް ޑޮލަރު ނުލިބޭކަމުގެ ކަންބޮޑުވުން އެބަ އޮތެވެ.

ބޭންކުގެ ނިންމުން ބަދަލުކުރަން މިއަދު ބައްދަލުވުމެއް ބޭއްވިކަމުގެ އަޑުތަކެއް ފެތުރި ނަމަވެސް އެނިންމުން މިހާތަނަށް ބަދަލުކޮށްފައެއް ނުވެ އެވެ. މިކަމާއި ގުޅިގެން ސަރުކާރުން ހައްލުތަކެއް ހޯދަން މަޝްވަރާ ކުރާކަމަށް މައުލޫމާތު ލިބެ އެވެ.

ޑޮލަރު އުސޫލަށް ބަދަލު ގެނަސްފައިވާއިރު ރައީސް އޮފީހުން މިއަދު މެންދުރުފަހު ބާއްވަން އުޅުނު ނޫސްވެރިންގެ ބައްދަލުވުން ވަނީ ވަކި ގަޑިއެއް ނެތްގޮތަށް ފަސްކޮށްފަ އެވެ.

 

ނޯޓު: މިލިޔުން ޝާއިއު ކުރި ފަހުން ބޭންކުން ޑޮލަރު ލިމިޓު ކުރީގެ އަދަދަށް އިއާދަކޮށް، ޑެބިޓު ކާޑުން 250 ޑޮލަރު އަދި ކްރެޑިޓް ކާޑުން 750 ޑޮލަރު ނެގޭގޮތަށް ވަނީ ބަދަލުކޮށްފަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!