އަނބިމީހާގެ ޓެސްޓު ހަދަން 1200ކިލޯމީޓަރަށް ދުއްވީ ސުކޫޓަރުގައި، ބަދަލުގައި ލިބުނީ ހީނުކުރާ ކަހަލަ ހަދިޔާއެއް

މާބަނޑު އަނބިމީހާގެ އިމްތިހާނު ހެދުމަށްޓަކައި، އަނބިމީހާ އަރުވައިގެން ސައިކަލުގައި 1200 ކިލޯމީޓަރު ދަތުރުކުރި ދެމަފިރިން އެނބުރި ގެއަށް ދިއުމަށް އެއާލައިނަކުން ޓިކެޓެއް ހަމަޖައްސައިދީފިއެވެ.
އިންޑިއާގެ ޖަރްކާންދު އަވަށަށް ނިސްބަތްވާ އުމުރުން 27 އަހަރުގެ ދަނާޖޭ ކުމާރު އޭނާގެ އަންހެނުން ގޮވައިގެން ގޮއްދާ އަވަށުން ގްވާލިއާ އަވަށަށް ދަތުރު ކޮށްފައި ވަނީ އޭނާގެ އަންހެނުން ސޯނީ ހެންބްރަމް ގެ މުދައްރިސަކަށް ވުމުގެ އިމްތިހާނު ހެދުމަށެވެ. މި އިމްތިހާނަކީ މުދައްރިސުން ކޮންމެހެން ފުރިހަމަ ކުރަންޖެހޭ އިމްތިހާނެކެވެ.
ދަނާޖޭ ކުމާރު ބުނި ގޮތުގައި އޭނާގެ އަންހެނުން މުދައްރިސަކަށް ވުމަކީ އޭނާ އަބަދުވެސް ދެކޭ ހުވަފެނެކެވެ. އަދި މި ހުވަފެން ހަގީގަތަކަށް ހެދުމަށް ވާން ޖެހުނު ކޮންމެ ގުރުބާނީ އެއް ވާން ތައްޔާރަށް ހުރި ކަމަށް ވެސް ދަނާޖޭ ވަނީ ބުނެފައެވެ.
މި ޖޯޑުގެ ވާހަކަ މީޑިއާގައި ފެންމަތިވެ، ގިނަ ބައެެއްގެ ސަމާލުކަން ލިބުމާއެކު ވަނީ މި ދެމަފިރިން އެނބުރި ޖަރްކާންދަށް ދިއުމަށް ފްލައިޓު ޓިކެޓު ހަދިޔާ ކޮށްފައި ވަނީ ދަ އަދާނީ ފައުންޑޭޝަން އިންނެވެ.
މިވެސް ޚަބަރެއްދޯ