ޚަބަރު ސަރުކާރު

މުސްކުޅި ކުރާ މީހުންނަށް 75 އަހަރު ވަންދެން ވަޒީފާ އަދާކުރެވޭ ގޮތް ހަދަނީ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
މަތީ ތައުލީމާއި ބެހޭ ވުޒާރާގައި މިއަދު ކުރިއަށް ގެންދިޔަ މަޝްވަރާ ބައްދަލުވުމުގެ ތެރެއިން

ދިވެހި ދައުލަތުގެ ވަޒީފާތަކުން މުސްކުޅި ކޮށްފައިވާ (ރިޓަޔާ ކޮށްފައިވާ) މީހުންނާއި އުމުރުން 65 އަހަރު ފުރިފައިވާ މީހުންގެ ތެރެއިން ވަޒީފާގައި ދެމި ތިބެން ބޭނުންވާ މީހުންނަށް، އުމުރުން 75 އަހަރ ވަންދެން ވަޒީފާގައި ދެމި ތިބުމުގެ ފުރުސަތު ދޭން މަސައްކަތްތައް ފަށައިފި އެވެ.

Ads by Sosun Fihaara

ރަޢީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވަޢުދުފުޅާއި އެއްގޮތަށް، އެކި ސަބަބުތަކާއި ހުރެ ދައުލަތުގެ ވަޒީފާއިން މުސްކުޅިކޮށްފައިވާ އަދި މުސްކުޅިކުރެވޭ ފަރާތްތަކުގެ ތެރެއިން ވަޒީފާގައި ދެމިތިބުމަށް ނުވަތަ ވަޒީފާއަށް އެނބުރިއައުމަށް އެދޭ ފަރާތްތަކަށް، އެ ފަރާތްތަކުގެ އުމުރުން 75 އަހަރުވުމާއި ހަމައަށް ވަޒީފާ ޢަދާކުރުމުގެ ފުރުސަތު ފަހިކޮއްދިނުމުގެ ޢަމަލީ މަސައްކަތް ދަޢުލަތުގެ ހުރިހާ މުވައްސަސާތަށް ހިމެނޭހެން ވަނީ ފަށައިފަ އެވެ.

ސަރުކާރުން މައުލޫމާތު ދޭގޮތުގައި ދަޢުލަތުގެ އެކި އިދާރާތަކާއިއެކު މަޝްވަރާ ބައްދަލުވުންތައް މަތީ ތައުލީމާއި ބެހޭ ވުޒާރާގެ، ލޭބަރ އެންޑް ސްކިލް ޑިވެލޮޕްމަންޓްއިން ދަނީ ކުރިއަށެވެ. މި މަޝްވަރާތައް ކުރިއަށް ގެންދާނީ، ދައުލަތުގެ އެކި އިދާރާތަކާއި، ރާއްޖޭގެ ސަލާމަތީ ބާރުތަކާއި، މިނިވަން މުއައްސަސާތައް ހިމެނޭހެންނެވެ.

މި ބައްދަލުވުންތަކުގެ މަޤްސަދަކީ، އެ އިދާރާތަކުގައި ވަޒީފައިން މުސްކުޅިކުރެވޭ ނުވަތަ ވަޒީފާގައި ދެމިހުރެވޭ އެންމެ ދޮށީ އުމުރާ ގުޅޭގޮތުން އެ އިދާރާތަށް އަމަލުކުރަމުންގެންދާ ގަވާއިދުތަކާއި އުސޫލުތަކުގެ މަޢުލޫޠު ހޯދާ، މިހާރު ވުޒާރާއިން ޑްރާފް ކުރެވިފައިވާ ބިލުގެ ފުރަތަމަ ޑްރާފްޓާއި މެދު އެ އިދާރާތަކުން ދެކޭގޮތް ހޯދުމެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެދިވަޑައިގެންނެވުމާއި އެއްގޮތަށް މަތީ ތައުލިމާއި ބެހޭ ވުޒާރާއިން މި ބިލުގެ މަސައްކަތް ނިންމައި ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވުމުގެ މަސައްކަތް ކުރާނެ ކަަމަށް ސަރުކާރުން ބުނެ އެވެ.

Ads by Ooredoo
  1. ދިވެހި ޒުވާނުން

    ތިކަހަލަ ފާޑަކަށްދަ އުސޫލެއް ދާދި ފަހުން ސިވިލްސާވިސް އިންނެރުނު، ކިޔައި ނިންމާލިއިރު އެއިންލިބޭ ރާހަތެއްނެން

  2. ސުވާލަކީ މިހާރު މުސްކުޅި ކުރައްވާފައިތިބި ފަރާތްތައް އަލުން ވަޒީފާއަށް ނުކުތުމުން މިހާރު އެފަރާތްތަކަށްލިބޭ ޢިނާޔަތް ލިބޭނެތޯ؟ މިސުވާލަށް ޖަވާބެއް ބޭނުންވޭ.