ޚަބަރު ސަރުކާރު

ފެނަކަ ފައިދާވާ ކުންފުންޏަކަށް ހަދަން މަސައްކަތް ކުރާނަން: އެސްޓީއޯ

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން
އެސްޓީއޯގެ ހެޑް އޮފީސް/ ފޮޓޯ: ދެން

އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ފެނަކަ ކޯޕަރޭޝަން ހިންގަން މި އަންނަ ޖެނުއަރީ މަހުގައި  ފަށާއިރު، ފެނަކައަކީ ފައިދާވާނެ ކުންފުންޏަކަށް ހެދުމަށް މަސައްކަތް ކުރާނެކަމަށް އެސްޓީއޯއިން ބުނެފިއެވެ.

Ads by STELCO

ފެނަކަ، އެސްޓީއޯގެ ދަށަށް ބަދަލު ކުރުމާ ގުޅޭ ގޮތުން މައުލޫމާތު ދިނުމުގެ ގޮތުން މިއަދު އެސްޓީއޯ އިން ނެރުނު ބަޔާނުގައި ބުނީ ފެނަކަ، އެ ކުންފުނީގެ ސަބްސިޑަރީއަކަށް ބަދަލުކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ނިންމުމަށް ޓަކައ،ި ފެނަކައާއ،ި މާލީ ވުޒާރާއާ ގުޅިގެން ޕްލޭނެއް އެކުލަވާލުމަށް ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން ބުނީ މި ޕްލޭންގެ ދަށުން މިނިވަން އޮޑިޓް ފާމެއް މެދުވެރިކޮށ،ް ފެނަކައިގެ ހާލަތު ދެނެގަތުމުގެ ގޮތުން އެ ކުންފުނީގެ ފައިނޭންޝަލް އަދި ލީގަލް ޑިޔުޑިލިޖެންސް ހެދުމަށާއ،ި އެސެޓްތައް ވެލިއުކުރުމަށާއި އަދި މާލީ ހާލަތު ދެނެގަތުމުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށާއި ކުންފުނި ރައިޓްސައިޒްކޮށް އެކުންފުނި ހިންގުން ހަރުދަނާކުރުމަށްޓަކައ،ި ކުރަންޖެހޭ ކަންކަން ކުރުމަށް އެސްޓިއޯގެ ޑިރެކްޓަރުންގެ ބޯޓުން ލަފާ ދީފައި ވާކަމަށެވެ.

މި ނިންމުން މިހެން ނިންމީ ފެނަކައިގެ ދަރަނީގެ ބޮޑު ބަޔަކ،ީ އެސްޓީއޯ ގްރޫޕަށް ދައްކަންޖެހޭ ފައިސާކަމަށްވާއިރ،ު މި ފައިސާ އެސްޓީއޯއަށް ލިބޭނެ ގޮތައް ޕްލޭނެއް ހަދައިގެން އެއާއި އެއްގޮތަށް ފައިސާ ހޯދުމަށް މަސައްކަތް ކުރުމަށް ކަމަށް އެސްޓިއޯއިން ބުންޏެވެ.

ފެނަކަ ފައިދާވާ ކުންފުންޏަކަށް ބަދަލުކޮށް، ގަވަނަންސް ސިސްޓަމް ހަރުދަނާކޮށް ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް އަދި ފެނަކައިން ކުރާ ވިޔަފާރީގެ އެންމެ ބޮޑު ހޭދައަކީ ތެލަށް ކުރާ ހޭދަ ކަމަށްވެފައި، އެސްޓީއޯގެ ސަބްސިޑަރީއަކަށް ފެނަކަ ބަދަލުކުރެވިއްޖެނަމ،ަ މި އިންޓަގްރޭޝަންއިން ދެ ކުންފުންޏަށް ލިބޭނެ ފައިދާއާ ބެހޭގޮތުނ،ް އެސްޓީއޯއިން ސަރުކާރަށް 2024 އޮގަސްޓް 15 ވަނަ ދުވަހު ޕްރޮޕޯސަލްއެއް ހުށަހެޅުމާ ގުޅިގެން މި ޕްރޮޕޯސަލް ގަބޫލުކޮށް ފެނަކަ އަކީ އެސްޓީއޯގެ 100 އިންސައްތަ ހިއްސާވާ ކުންފުންޏަކަށް ބަދަލުކުރުމަށ،ް 2024 އޮގަސްޓް 25 ވަނަ ދުވަހ،ު ސަރުކާރުން ވަނީ ނިންމައިފަ އެވެ.

ފެނަކައިގެ އިންޓަރިމް ބޯޑު އެކުލަވާލާނީ އެސްޓީއޯގެެ އިތުރުން މާލީ ވުޒާރާއާއި ތިމާވެއްޓާ ބެހޭ ވުޒާރާ ތަމްސީލުވާ ގޮތަށް ކަމަށް ވެސް އެސްޓީއޯއިން ބުންޏެވެ. އަދި ފެނަކައަކީ ފައިދާވާ ކުންފުންޏަކަށް ހެދުމަށް އެސްޓީއޯއިން މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ވެސް އެސްޓީއޯއިން ހިއްސާދާރުންނަށް ދިނެވެ.

Ads by HDC
  1. ސަޖޯ

    ސުބުހާނަﷲ
    އެސްޓީއޯވެސްބަގާވަތްކުރަންތައްޔާރުވަނީތާ
    ސްޓެލްކޯއިންކުރާކަރަންޓުބިލުގެބަގާވާތްމުޅިރާއްޖެއަށްފެތުރިގެންދަނީ

  2. ޑީޑީ

    ޢެސްޓީއޯ އެމްޑީ އަށް އިތުރު ޗޮއިސް އެއް ނެތް ހަވާލުވޫން ނޫން ގޮތެއް؟