ޚަބަރު ސަރުކާރު

ވިޔަފާރިވެރިންނާއި ހިދުމަތްދޭ ފަރާތްތަކާ ގުޅުވައިދޭ ޕްލެޓްފޯމް އިފްތިތާހުކޮށްފި

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން

ވިޔަފާރިވެރިންނާއި ހިދުމަތްދޭ އިދާރާތަކާ ގުޅުވައިދޭ ޕްލެޓްފޯމް "ޓްރޭޑިއަން" ރައިސުލްޖުމްހޫރިއްޔާގެ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް މިއަދު އިފްތިތާހުކޮށްދެއްވައިފި އެވެ.

Ads by STELCO

ނޭޝަނަލް ސިންގަލް ވިންޑޯ ޕްރޮޖެކްޓުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ފޯރުކޮށްދޭ ހިދުމަތްތައް ރަސްމީގޮތުން އިފްތިތާހްކުރުމަށް މިއަދު ހެނދުނު ޖެން މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގައި އިފްތިތާހްކުރި ޓްރޭޑިއަންގެ ސަބަބުން އެއް ޕޯޓަލެއްގެ ދަށުން ފަސޭހަކަމާއި އަދި އަވަސްކަމާއެކު ހިދުމަތް ފޯރުކޮށްދެއްވޭނެ މަގުފަހި ވެގެން ދާނެ ކަމަށް ރައީސް އޮފީހުން ނެރުނު ބަޔާނުގައި ބުންޏެވެ.

އެ ޕޯޓަލަކީ ސަރުކާރުން ވިޔަފާރިއަށް ފަހި މާހައުލެއް ރާއްޖެގައި ގާއިމުކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން ގާއިމް ކުރި ޕޯޓަލެކެވެ.

ނެޝަނަލް ސިންގަލް ވިންޑޯ މަޝްރޫއަކީ އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަނާއި އަދި ކަމާގުޅޭ އިދާރާތައް ގުޅިގެން ހިންގާ މަޝްރޫއެކެވެ.

އެ ޕްލެޓްފޯމުގެ ބޭނުން ރަސްމީގޮތުން ކުރަން ފެށުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައި ވަނީ މިއަހަރުގެ ފަހުކޮޅުގައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!