ޚަބަރު

ހުޅުމާލޭގައި ކާރަކާއި ސައިކަލެއް އެކްސިޑެންޓުވެ މީހަކަށް ސީރިޔަސް އަނިޔާތަކެއް

ޢާއިޝަތު ނުހާ ، ދެން އޮންލައިން
ހުޅުމާލެ ދެވަނަ ފިޔަވަހި

މިއަދުވެސް އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

Ads by Hajj Corporation

މީޑިއާ ގްރޫޕަށް ފޮނުވި މެސެޓެއްގައި ފުލުހުން ބުނީ މިއަދު ހެނދުނު 6:50 ހާއިރު ހުޅުމާލެ ފޭސް 2 ގައި ދުއްވި ސައިކަލަކާއި ކާރެއް ޖެހި އެކްސިޑެންޓުވި މައްސަލަ ފުލުހުނަން ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނއެ އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން މީހާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ. އަދި އެ މީހާ އަށް މިހާރު ހުޅުމާލެ ހޮސްޕިޓްލްގައި ފަރުވާ ދެމުންދާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

އެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުނި ނަމަވެސް އެ މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރުކުރި ކަމެއް ހާމަކޮށްފައެއް ނުވެ އެވެ.

މާލެ ސަރަހައްދުގައި އެކްސިޑެންޓުތައް އިތުރުވަމުން އަންނައިރު މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި 23 އަަހަރުގެ ހަސަން ސަމާހު ވަނީ މަރުވެފަ އެވެ.

Ads by Allied Insurance
  1. ދިވެހި ޒުވާނުން

    ކޮބާތޯ މިތަނާ ގާޒާ އާއި އޮތް ތަފާތަކީ ހުރިހާ އެންމެން ދުއްވާއިރު ވިސްނާ އަދި މަޑުމައިތިރި ކަމާއިކު ދުއްވުން އެދެން މަސްތުގެ ހާލަތު އެއްގަމު އުޅަނދު ނުދުއްވުން އެދެން މަސްތާއި ދުރަށް ދިއުމަށާއި ނަފުސުގެ ސަލާމަތް ހިފެހެއްޓުން އެދެން އެންމެންގެ ފުރާނަ އަށް ރައްކާތެރިވެ އަނިޔާދިނުމަށް ނޫނެކޭ ބުނޭ

    • ދިވެހި

      ގާޒާ ގެ މީހުނާ ރާއްޖެއާ ހާސްބައި ތަފާތު އިނގޭތޯ….ތިބުނަން އުޅޭއެތި ގާޒާ ނުލާ ބުނެވިދާނެ.

    • ށަވިޔަނި

      ހެޔޮނުވާނެ ޣައްޒާ އާ މިތަނާ ތިޔަހެން އެއްފަދަކުރަން