ޚަބަރު

ހުޅުމާލޭގައި މިއަދު ހިނގި އެކްސިޑެންޓުގައި ސައިކަލު ދުއްވި މީހާ އަތުގައި ލައިސެންސެއް ނެތް

ޢާއިޝަތު ނުހާ ، ދެން އޮންލައިން

ހުޅުމާލޭ ދެވަނަ ފިޔަވަހީ ގައި މިއަދު ހެނދުނު ސައިކަލަކާ ކާރެއް ޖެހި ހިނގި އެކްސިޑެޓުންގައި ސައިކަލު ދުއްވި މީހާ އަތުގައި ޑްރައިވިން ލައިސެންސް ނެތް ކަމަށް ފުލުސް އޮފީހުން ބުނެފި އެވެ.

Ads by Hajj Corporation

ހުޅުމާލޭ އެންމެ ފަހުން ހުޅުވި މިސްކިތް ހުރި ސަރަހައްދުގެ މައި މަގުގައި އެކްސިޑެންޓު ހިނގީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ޖީއެން ސައިކަލަކާއި ޕްރައިވެޓް ކާރެއް ޖެހި އެވެ.

އެކްސިޑެންޓުގައި ސައިކަލު ދުއްވި 20 އަހަރުގެ ޒުވާނާއަށް ސީރިއަސް އަނިތާކެއް ލިބި ހުޅުމާލެ ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ.

އެ ފިރިހެން މީހާއަށް ލިބުނީ ކިހާވަރެއްގެ އަނިޔާއެއްކަން ފުލުހުން ހާމަކޮށްފައި ނުވިޔަސް އޭނާ އަތުގައި ޑްރައިވިން ލައިސަންސް ނެތް ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް "ދެން އޮންލައިން" އަށް ކަށަވަރުކޮށްދީފައިވެ އެވެ.

ހުޅުމާލޭގައި މިއަދު ހެނދުނު އެކްސިޑެންޓެއް ހިނގާފައިވާއިރު ހުޅުމާލެ ސެންޓްރަލް ޕާކު ކައިރިން އިއްޔެ ރޭ ސްޕޯޓްސް ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި 23 އަހަރުގެ ޒުވާނަކު ވަނީ މަރުވެފަ އެވެ. އެ އެކްސިޑެންޓުގައި ހިމެނޭ ކާރު ދުއްވި މީހާ އަތުގައި ޑްރައިވިން ލައިސެންސް ނެތް ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ. އަދި ޝަރީއަތް ނިމެންދެން ކާރުގެ ޑްރައިވަރު ވަނީ ބަންދުކޮށްފަ އެވެ.

އެ އެކްސިޑެންޓާ ގުޅިގެން ބާރު ސްޕީޑުގައި ވެހިކަލްތައް ދުއްވާނަމަ ހަރުކަށި ފިޔަވަޅު އަޅަން ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ ކަމާއި ބެހޭ އިދާރާތާކަށް އަންގަވާފަ އެވެ. އަދި އަޅާނެ ފިޔަވަޅުތައްވެސް ރޭ ވަނީ އިއުލާން ކުރައްވާފަ އެވެ.

  1. ވާނުވާ

    އެކަަކު ބުނީ ޖެހުނީ ފާރުގަ އޭ ،އަނެކަކު ބުނީ ޕްރައިވެޓް ކާރުގައޭ ޖެހުނީ. ކޮބާ ހަގީގަތަކީ؟

    • ކާރުގަ ޖެހިފަ ވިއްސައިގެން ގޮސް ފާރުގަ ޖެހުނީ

      މަ